ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިންނަވާ "އަހާ" ފޯރަމް ހުކުރު ދުވަހުގެ ރޭ އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ އަހާ ފޯރަމް އޮންނާނީ 23 ފެބުރުވަރީ ވާ ހުކުރު ދުވަހުގެ ރޭ8:45ގައި ކަމަށެވެ. މި ފޯރަމްގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ދެންނެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިދިޔަ މަހު ވަނީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި "އަހާ" ފޯރަމެއް ބާއްވަވާފައެވެ.