Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 18:22
ުދިވެހިރާއްޖޭގެ ގައުމީދިދައާއި، ސެއިންޓް ލޫޝާގެ ގައުމީ ދިދަ
ުދިވެހިރާއްޖޭގެ ގައުމީދިދައާއި، ސެއިންޓް ލޫޝާގެ ގައުމީ ދިދަ
ރައީސް އޮފީސް
މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވުން
ސެއިންޓް ލޫޝާގެ މިނިވަންދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރަށާއި ވަގުތީ ގަވަރނަރ ޖެނެރަލަށް ރައީސް ފޮނުއްވައިފި
ސެއިންޓް ލޫޝާގެ ރައީސަށާއި ވަގުތީ ގަވަރނަރ ޖެނެރަލްއަށް، ދުޅަހެޔޮކަމާއި ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެންނެވި
ސެއިންޓް ލޫޝާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވޭ

ސެއިންޓް ލޫޝާގެ 45 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ސެއިންޓް ލޫޝާގެ ބޮޑުވަޒީރު ފިލިޕް ޖޮސެފް ޕިއާރ އަދި ވަގުތީ ގަވަރނަރ ޖެނެރަލް ސިރިލް އީ. އެމް. ޗާރލްސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސް، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ސެއިންޓް ލޫޝާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

Advertisement

ރައީސް ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސެއިންޓް ލޫޝާގެ ރައީސަށާއި ވަގުތީ ގަވަރނަރ ޖެނެރަލްއަށް، ދުޅަހެޔޮކަމާއި ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ސެއިންޓް ލޫޝާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް