Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 17:26
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އިންޓެގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫއު
އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް
ކޮލަމާފުށީގެ ރައްޔިތުންގެ އިގްތިސާދީ ތަރައްގީއަށް ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވި
މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫން

އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ކޮލަމާފުށި ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެކަމަށާއި، މުޅި މަޝްރޫއު އެކީ ހަގީގަތަކަށް ހަދައިދެއްވާނެކަމުގައެވެ. އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮލަމާފުށީގެ ރައްޔިތުންގެ އިގްތިސާދީ ތަރައްގީއަށް ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މި ސަރުކާރުން ގައުމަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުގުވެރިވާފަދަ މަޝްރޫއުތަކަށް ޖާގަދީގެން ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް