އަންނަ ސީޒަނުގައި ލިވަޕޫލްގެ ކޯޗަކަށް ގެނައުމަށް އެކުލަބުން މަސައްކަތް ކުރާ ޒަވީ އަލޮންސޯ ގެންދިއުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް މަސައްކަތް ފަށައިފި އެވެ.
މި ދެ ކުލަބަކީ ވެސް ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ކުޅެފައިވާ ކުލަބުތަކެވެ. އޭނާ ފުރަތަމަ ކުޅުނީ ލިވަޕޫލަށެވެ. އޭގެ ފަހުން ސްޕޭނުގެ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކަށެވެ. އަލޮންސޯ އަކި މިވަގުތު ޔޫރަޕުގައި އެންމެ ވިދަމުން އަންނަ ކޯޗެވެ. އޭނާ ކޯޗުކޮށްދެމުން އަންނަ ޖަރުމަނުގެ ބަޔާން ލެވަކޫސަން މިވަގުތު އޮތީ ޖަރުމަނު ލީގުގައި ތަފާތު ބޮޑުކޮށް ކުރީގަ އެވެ.
އަނެއްކޮޅުން ބަޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން އަންނަ ސީޒަނުގައި އައު ކޯޗެއް ހޯދުމަށް ރާވަމުންދާ ކަމަށް މީޑިއާތަކުންވަނީ ބުނަން ފަށައިފަ އެވެ. އަދި އެ ކުލަބުގެ ވެރިން އަލޮންސޯގެ އެޖެންޓާއެކު ސިއްރު ވާހަކަތަކެއް ބާއްވާފައިވާ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
ބަޔާންއިން އަލޮންސާ ގެންދަން މަސައްކަތްކޮށްދިނަމަ އެންމެ ބާރުބޮޑުވާނީ ލިވަޕޫލަށެވެ. ސަބަބަކީ އެކުލަބުގެ އެއްވަނަ ހޮވުމަކީ ޔާގެން ކްލޮޕް މިސީޒަނަށް ފަހު ވަކިވުމުން އަލޮންސޯ ކަމަށްވާތީ އެވެ.