ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 15:17
ކަލްވިން ފިލިޕްސް އާއި ގާޑިއޯލާ
ކަލްވިން ފިލިޕްސް އާއި ގާޑިއޯލާ
ގޫގުލް
މެންޗެސްޓާ ސިޓީ
ކަލްވިން ޕިލިޕްސް އަށް ގާޑިއޯލާ: އެހެން ބުނެވުނީތީ މައާފްކުރޭ!
 
ކަމެއްނެތި އަހަރެން ވާހަކައެއް ނުދައްކާނަން: ގާޑިއޯލާ

ކަލްވިން ޕިލިޕްސް މާބޮޑަށް ބަރުހެލި ކަމަށް ބުނުމަށްފަހު ކުޅުންތެރިޔާގެ ކިބައިން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މައާފަށް އެދެފި އެވެ.

ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ލީޑްސް ޔުނައިޓެޑުން ގެނައުމަށް ފަހު ގިނައިން ބެންޗުގައި ބޭންދި މިޑްފީލްޑަރު މެޗުތަކަށް ނުނެގީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު ކުޅުންތެރިޔާ އަލުން ކުލަބާ ގުޅުނުއިރު މާބޮޑަށް ބަރުހެލިވެ، ފަލަވެފައި ހުރުމުން ކަމަށެވެ.

"އަހަރެންނަށް ވަރަށް ބޮޑަށް މައާފް ކުރޭ. އަހަރެން އޭނާއާ މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކިން. އަހަރެން އެއްވެސް ޓީމަކާ ބެހޭ ގޮތުން އެއްވެސް ކުޅުންތެރިއަކާ ބެހޭ ގޮތުން އެއްވެސް އިރަކު އަދި ކުރިއަށް އޮތްތަނުގައި ވެސް ކަމެއްނެތި ވާހަކައެއް ނުދައްކާނަން،"
ގާޑިއޯލާ ބުންޏެވެ.

އޭނާ އިޝާރާތް ކުރީ އިނގިރޭސި ގައުމީ ޓީމުން ވޯލްޑްކަޕުގައި ހޭދަކުރި މަހެއްހާ ދުވަހު ފިލިޕްސް ލައްވައި ކުޅުވީ ދެ މެޗެއްގައި އެންމެ 40 މިނިޓް ކަމަށްވުމުން އެކަމަށެވެ.

2022 ވަނަ އަހަރު ސިޓީއަށް ގެނައި ނަމަވެސް ފިލިޕްސް ލައްވައި ސިޓީގެ ޓީމުން ޖާގަ ނުލިބި ބެންޗުގައި އިންނަން ޖެހުމުން އޭނާ މިހާރު ވަނީ ވެސްޓްހަމައަށް ލޯނު އުސޫލުން ދޫކޮށްލައިފަ އެވެ.

މެންޗެސްޓާ ސިޓީ އަކީ އިނގިރޭސި ވިލާތުގައި އެންމެ މޮޅު ކުޅުންތެރިން ގިނަ ޓީމެވެ. ފިލިޕްސް އެ ޓީމަށް ބަދަލުވިއިރު ވެސް އޭނާގެ މި ބަދަލަކީ ރަނގަޅު ބަދަލެއްނޫން ކަމަށް ގިނަ ފާޑުކިއުންތެރިން ބުނަމުންދިޔަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް