ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 12:51
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ
ގޯލް.ކޮމް
ރެއާލް މެޑްރިޑް
ވިނީޝިއަސް 7 ނަންބަރު އެމްބާޕޭއަކަށް ނުދޭނެ!
 
މޮޑްރިޗް ނެތްނަމަ 10 ނަންބަރު ލިބުން ވަރަށް ގާތް

ދުނިޔޭގެ މީޑިއާތަކުން މިހާރު އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއިކުރާ ވާހަކަ އެވެ. ފްރީ ޓްރާންސްފާއެއްގައި އޭނާ އެ ޓީމަށް ދާއިރު ބޭނުންކުރާނެ ޖާޒީ ނަންބަރު ވެސް ވެފައިވަނީ މުހިންމު އެއްޗަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގައި އެމްބާޕޭ ހަތް ނަންބަރު ޖާޒީ ބޭނުމެއް ނުކުރާނެ އެވެ. އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލްގައި ރޮނާލްޑޯ ބޭނުންކުރީ ހަތްނަންބަރު ޖާޒީ އެވެ. ނަމަވެސް އެމްބާޕޭ މި ނަންބަރު ބޭނުން ނުކުރާނީ މިހާރު މި ނަންބަރު ބޭނުންކުރާ ބްރެޒިލްގެ ފޯވަޑް ވީނީޝިއަސް ޖޫނިއާގެ ސަބަބުންނެވެ. އޭނާ ހުރީ ހަތް ނަންބަރު ޖާޒީ ދޫކޮށްލާ ގޮތަކަށްނޫނެވެ. ދެން އޮތީ ކަރީމް ބެންޒެމާ ބޭނުންކުރި 9 ނަންބަރެވެ. މީގެ ކުރިން ފްރާންސްގެ މޮނާކީގައި އެއް ސީޒަނުގައި އެމްބާޕޭ 9 ނަންބަރުގައި ކުޅުނަސް އޭނާ ގަބޫލުކުރަނީ މި ނަންބަރު ޖާޒީ ލާންޖެހޭނީ އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ ކަމަށެވެ. މިހެންވެ ބްރެޒިލްގެ ޒުވާން ފޯވަޑް އެންރިކް މި ޖާޒީ ބޭނުންކުރުން ބުއްދިވެރި ކަމަށެވެ.

ހަތް ނަންބަރު ނުލިބޭނަމަ އެމްބާޕޭ އެންމެ ބޭނުންވަނީ 10 ނަންބަރު ޖާޒީ އެވެ. މި ނަންބަރުގައި މިހާރު ކުޅެމުންދަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާ ލޫކާ މޮޑްރިޗެވެ. އޭނާ ރެއާލްގެ ކޮންޓްރެކްޓް އާކޮށްފިނަމަ 10 ނަންބަރު އެމްބާޕޭ އަށް ނުލިބޭނެކަން ކަށަވަރެވެ. ނަމަވެސް ސްޕޭނުގެ މީޑިއާތަކުން ތުހުމަތު ކުރަނީ މި ސީޒަނަށް ފަހު ރެއާލްއިން މޮޑްރިޗް ދޫކޮށްލާނެ ކަމަށެވެ.

އެމްބާޕޭ މިހާތަނަށް ވަނީ ގިނަ ނަންބަރުތަކެއް ބޭނުންކޮށްފަ އެވެ. ފްރާންސްގެ މޮނާކޯގައި އޭނާ ބޭނުންކޮށްފައިވަނީ 9, 10, 11, 13, 29, 33, 39 ނަންބަރު ޖާޒީ އެވެ. ފްރާންސްގެ ޕީއެސްޖީގައި ބޭނުންކޮށްފައިވަނީ، 29، 17، 14 އަދި 7 ނަންބަރެވެ. ގައުމީ ޓީމުގައި ބޭނުންކުރަނީ 10 ނަންބަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް