ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 08:53
މާލެއަށް ބޯކޮށް ވާރޭ ވެހެނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ
މާލެއަށް ބޯކޮށް ވާރޭ ވެހެނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ގޯސްވުން
މޫސުން ގޯސްވެ، ބ.އަތޮޅުން ތ.އަތޮޅަށް ވައިޓް އެލާޓް
ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާންޖެހޭ

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ބ.އަތޮޅުން ފެށިގެން ތ.އަތޮޅަށެވެ. އެއީ ހެނދުނު 8:15 އިން މެންދުރުފަހު 3:00 ށެވެ.

މޫސުުމާބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް