ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 05:42
ފޮރިން މިނިސްޓަރ މޫސާ ޒަމީރު
ފޮރިން މިނިސްޓަރ މޫސާ ޒަމީރު
ފޮރިން މިނިސްޓްރީ
ޚާރިޖީ ވަޒީރު ޖަރުމަނުވިލާތަށް
ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ވަޑައިގެންފި
 
މި ދަތުރުފުޅުގައި މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތުގެ މިއުނިކަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި މި ހިނގާ ފެބްރުއަރީ މަހުގެ 16 އިން 18 އަށް މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި 16 ފެބްރުއަރީ 2024 ގައި "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ދުނިޔޭގެ އެހެން އިސްވެރިންނާ އެކު މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޒަމީރު ބައްދަލުކުރައްވާނެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސް އޮފިޝަލުންގެ އިތުރުން އެކިއެކި ދާއިރާތަކުގެ މާހިރުން ބައިވެރިވާ ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ 1963 ވަނަ އަހަރުގެ ފަހުކޮޅު ޖަރުމަނުގެ ޕަބްލިޝަރެއް ކަމަށްވާ އެވާލްޑް ވޮން ކްލައިސްޓް ފެށްޓެވި ބައްދަލުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް