ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 16:38
ގުޅީފަޅުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ގުޅީފަޅުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ރައީސް އޮފީސް
ގުޅީފަޅު ހިއްކުން
ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން ނެރުނު އަމުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
 
މި މަޝްރޫއުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިން
 
މި އަމުރު ނެރުއްވީ ތިން ފަނޑިޔާރުންގެ އިއްތިފާގުން
 
ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކޮށްނުދީފިނަމަ، ދައުލަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެދާނެ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން، އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރު ފަސްކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފައިވަނީ 14 ފެބްރުއަރީ 2024ގައެވެ.

މިއީ ތިމާވެށީގެ މިފަދަ މައްސަލައެއްގައި، ރާއްޖޭގައި ހިންގަމުންދިޔަ ބިޔަ މަޝްރޫއެއް ހުއްޓުވުމަށް ކޯޓަކުން އަމުރު ނެރުނު ފުރަތަމަ ފަހަރެވެ. ގުޅީފަޅު ހިއްކާތީ، އެ ސަރަހައްދުގެ އިތުރުން އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ތިމާވެށީގެ ކަންކަމުގައި އަޑު އުފުލާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ހުމައިދާ އަބްދުލްޣަފޫރެވެ.

އެ މައްސަލަ މަޑުޖައްސާލުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ހުއްޓާލުމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުމާ ގުޅިގެން 15 ފެބްރުއަރީ 2024ގައި ސުޕްރީމް ކޯޓުން ބުނީ، ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކޮށްނުދީފިނަމަ، ދައުލަތަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވުމުގެ ފުރުސަތު އޮތްކަމަށެވެ.

ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ އަމުރަށް އަމަލުނުކުރުމަށް އަންގައިފައެވެ.

ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމައި، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ. އަދި މި ސަރުކާރުން ވަނީ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައެވެ.

މި މަޝްރޫއުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރަށް (ދެ ބިލިއަން ރުފިޔާއަށް) ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ. މިހާރު ބިން ހިއްކުން ހުއްޓުވައިފިނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށާއި، ގިނަ އަދަދެއްގެ ފައިސާ ބޮސްކާލިސްއަށް ދޭންޖެހޭ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
ތިމާވެއްޓަށް އަސަރުކޮށްގެން މަޝްރޫއެއް ހުއްޓާލާ ޙާލަތުގައި ބަދަލުދޭން ނުޖެހޭ ފަދަ މާއްދާއެއް ދައުލަތުން ހިމަނަންޖެހޭ: ހުސްނުއްސުއޫދު
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
ގިރާވަރުފަޅުން ގޯތި ލިބުނު 1913 މީހަކު ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހަޅައިފި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި