ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 16:28
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ވައިގަދަވުމާ ގުޅިގެން ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅަށް
ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާންޖެހޭ

ވައިގަދަވުމާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ބުރާސްފަތި ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. އެއީ މެންދުރުފަހު 2:30ން ރޭގަނޑު 8:30ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހެނދުނު މޫސުން އާންމުގޮތެއްގައި ރަނގަޅު ނަމަވެސް، މެންދުރުފަހު ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި އިރުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިިދާރާއިން ބުނީ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް