ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 13:39
އިންޑިޔާ ފުލުހުން
އިންޑިޔާ ފުލުހުން
ގެޓީ އިމޭޖަސް
އިންޑިޔާ ދަނޑުވެރިންގެ ހިނގާލުން
އިންޑިޔާ ދަނޑުވެރިންގެ ހިނގާލުން އަދިވެސް ދަނީ ކުރިއަށް
 
ދަނޑުވެރިންގެ ހިނގާލުމުގައި ދިހަވަރަކަށްހާސް މީހުން ބައިވެރިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނޭ

އިންޑިޔާގައި ދަނޑުގޮވާމަށް ދެވޭ އެންމެ ކުޑައަގު ކަނޑައެޅުމަށް ގޮވާލާ ދަނޑުވެރިން ފަށާފައިވާ ހިނގާލުން ނުވަތަ "މާޗް" ތިންވަނަ ދުވަހަކަށް ކުރިޔަށް ގެންގޮސްފިއެވެ. ދަނޑުވެރިން އަމާޒު ހިފާފައިވަނީ ވެރިރަށް ނިއުދިއްލީއާ ހަމައަށް ހިންގާފައި ދިއުމަށެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުންގެ މަގު ބަންދުކޮށް އަދި ކަރުނަ ގޭސް ޖަހާފައެވެ. ދަނޑުވެރިން ބުނާގޮތުގައި އެމީހުންނާ ދެކޮޅަށް ރަބަރު އަދި ޕްލާސްޓިކް ވަޒަން ވެސް ދަނީ ބޭނުންކުރަމުންނެވެ.

ގިނަ ދަނޑުވެރިންނަކީ ގުޖުރާތު ސްޓޭޓުން ނިކުތް މީހުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ދިއްލީއާ ހަމަޔަށް ގޮސްފައި ނޫނީ ހިނގާލުން ހުއްޓާނުލާނެއެވެ. ދިއްލީ އަށް ފޯރުމަށްޓަކައި އަދިވެސް 200 ކިލޯމީޓަރު ކަޑައްތު ކުރަން ޖެހެއެވެ. ދަނޑުވެރިން ހިނގާ މަގުތައް ބަންދު ކުރުމަށް ފުލުލުހުން ދަނީ ބޮޑެތި ސިމެންތި ބްލޮކްތަކާއި ކަށިނަރު ބޭނުން ކުރަމުންނެވެ. އަދި އެއްވާ މީހުން ދުރަށް ފޮނުވުމަށް ކަރުނަ ގޭސްދަނީ ޖަހަމުންނެވެ.

ދަނޑުވެރިން ބުނާ ގޮތުގައި މީގެ ދެއަހަރު ކުރިން ސަރުކާރުގެ ކިބައިން އެމީހުން އެދުނު ކަންތައްތައް އަދިވެސް ފުރިހަމަ ކޮށްދީފައެއް ނުވެއެވެ. އެމީހުން އެދިފައިވަނީ ދަނޑުގެ އުފެއްދުންތަކަށް ދޭނެ ޔަގީން އަގެއް ސަރުކާރުން ކަނޑައަޅާދިނުމަށެވެ. އަދި ދަނޑުވެރިންގެ ހިމާޔަތާ ރައްކާތެރިކަމަށްޓަކައި ކަންތައްތަކެއް ފުރިހަމަ ކޮށްދިނުމަށް އެދިފައި ވެއެވެ.

ދަނޑުވެރިންގެ ހިނގާލުމުގައި 200އަށް ވުރެގިނަ ޔޫނިއަނުން ބައިވެރިވާއިރު އެމީހުން މަސައްކަތް ކުރަމުން ދަނީ ހަރިޔާނާ ސްޓޭޓް ހުރަސްކޮށް ދިއްލީ އަށް ދާ ދަތުރުގައި ވީހާވެސް ބޮޑަކަށް މީޑިޔާގެ ސަމާލުކަން ވެސް ހޯދުމަށެވެ. ދަނޑުވެރިންނަކީ ޓެރަރިސްޓުން ނޫންކަމަށްބުނެ އެމީހުންގެ ހައްގުގައި ވެސް ނޫސްވެރިން މަސައްކަތްކޮށް ދިނުމަށް ދަނީ އެދެމުންނެވެ.

ދަނޑުވެރިން ބޮޑު މުޒާހަރާއެއް ފަށާފައި މިވަނީ އާންމު އިންތިހާބަށް ދެތިން މަހަށް ކައިރި ވެފައި ވަނިކޮށެވެ. ވެރިކަންކުރާ ބީޖޭޕީން މަސައްކަތް ކުރަމުން ގެންދަނީ ތިންވަނަ ދައުރަކަށް ހޮވޭތޯއެވެ. އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފައިވަނީ އެ ޕާޓީ އަށް ވެރިކަމަށް އާދެވިއްޖެނަމަ މިނިމަމް ސަޕޯޓް ޕްރައިސް (އެމްއެސްޕީ) ކަނޑައެޅުމަށް ގާނޫނެއް ހަދާނެ ކަމުގައެވެ.

އެމްއެސްޕީ ކަނޑައެޅުމުން ދަނޑުވެރިން ހައްދާ ތަކެތި ސަރުކާރުން ކޮންޓްރޯލް ކުރާ ހޯލްސޭލް މާކެޓުތަކަށް، ކަނޑައެޅިފައިވާ އަގުގައި ވިއްކޭނެއެވެ. އަދި މޫސުމީ ކާރިސާތަކާ ގުޅިގެން އަގަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރެވޭނެއެވެ.

ދަނޑުވެރިންގެ ލީޑަރުން ބުނާ ގޮތުގައި ފާމް ޔޫނިއަންތަކާއި ފެޑަރަލް މިނިސްޓަރުންނާ ދެމެދު ބޭއްވި ވާހަކަތައް ފެއިލްވި ހަމައިން 12 ވަރަކަށް ދަނޑުވެރިންގެ އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ދޫކޮށްލުމަށް ދަނީ ގޮވާލަމުންނެވެ.

ދަނޑުވެރިންގެ ހިނގާލުމުގައި ދިހަވަރަކަށްހާސް މީހުން ބައިވެރިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް