Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 13:21
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އޮޑިވެރިންނަށް ދިމާވާ މައްސަލަތައް
މާލޭ ފަޅުތެރޭގައި ޖާގަނެތި، ފަޅުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނަން: ރައީސް މުއިއްޒު
މާލޭގެ ފަޅުތެރޭގައި ވަރަށް ގިނަ ދޯނިތައް މަސައްކަތް ކުރަމުންދޭ
މާލެސިޓީ ކައުންސިލްއާ މަޝްވަރާކޮށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ

މާލޭ ފަޅުތެރޭގައި ޖާގަނެތި، ފަޅުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އާއްމުގެ މީހަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ ފަޅުތެރޭގައި ވަރަށް ގިނަ ދޯނިތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައްތިޔާދޯނިތައް ނަގަން އަންގާތީ އެމައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ފަޅުތެރެއިން އެހެން ޖާގައެއް އެހެން ދިމާލަކުން ހަމަ ނުޖައްސައި، ދޭތެރެ ދޭތެރެއިން ފަޅުން ނިކުންނަންޖެހި، ދާނެ ތަނެއްނެތި، އެހެން ވާންޖެހޭގޮތް ވިޔަ ނުދޭނަ ކަމަށެވެ.

މަޑިފުއްޓަކީ އޮޑިދޯނިފަހަރު ދުއްވާ ވަރަށް ގިނަ ފަރާތްތައް ދިރިއުޅުއްވާ ރަށެއް. މާލޭގައި ވެސް އެބޭފުޅުންގެ ވަރަށް ގިނަ ބޭފުޅުން އެ މަސައްކަތް ކުރައްވާ. މާލޭގެ ފަޅުތެރޭގައި މަޑިފުށީގެ ދޯނިތައް ވަރަށް ގިނަ. އަދި ހަމަ އެހެން ދޯނިތައްވެސް އެބަ މަސައްކަތްކުރޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ތިޔަވިދާޅުވި މައްސަލަ ޙައްލުކޮށްދޭނަމޭ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މާލެފަޅުތެރެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލެސިޓީ ކައުންސިލްއާ މަޝްވަރާކޮށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ފަޅުތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަކަށް ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ދިމާލަކަށް ބަދަލުވާކަމަށްވާނަމަ ފަޅުވެރިންނާއި މަޝްވަރާކުރާނެ ކަމަށާއި، ކަންކަން ނިންމާނީ ފަޅުވެރިންގެ ހިޔާލާއެކު ކަމަށެވެ. އަދި ކުއްލިއަށް ކަންކަން ނުނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް