ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 19:37
ޕާކިސްތާން ގެ ބޮޑުވަޒީރު އިމްރާންކާންގެ ސަޕޯޓަރުން
ޕާކިސްތާން ގެ ބޮޑުވަޒީރު އިމްރާންކާންގެ ސަޕޯޓަރުން
ބީބީސީ
ޕާކިސްތާންގެ އިންތިޚާބް
ޕާކިސްތާންގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާން ޚާން އަށް ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓުން
 
އިމްރާން ޚާންގެ ޕާޓީ އާއި އަދި ނަވާޒް ޝަރީފްގެ ޕާޓީންވެސް ދަނީ ސަރުކާރު ގާއިމް ކުރާނީ އެފަރާތުން ކަމަށް ބުނަމުންނެވެ. 
 
ނެޝަނަލް އެސެމްބްލީގެ 366 ގޮނޑީގެ ތެރެއިން 266 ގޮޑި ހޮވަނީ ސީދާ ވޯޓުންނެވެ.

ޕާކިސްތާންގައި ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ސަރުކާރުން ހާމަކޮށްފައިވާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ތާއީދުކުރާ އަމިއްލަ މެމްބަރުންނެވެ. މިގޮތުން މިނިވަން ކެންޑިޑޭޓުން 101 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު އޭގެ ތެރެއިން 93 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިމްރާން ޚާން އަށް ތާއީދުކުރާ މެމްބަރުންނެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕީ.އެމް.އެލް.އެން އަށް ލިބިފައިވަނީ 75 ގޮނޑިއެވެ. ސަރުކާރެއް ގާއިމް ކުރެވެނީ ކޯލިޝަން އެއްގެ ލީޑަރު ކަން ސާބިތުކޮށް ދިނުމާއި އެކު 169 ގޮނޑި ލިބިގެންނެވެ. އެހެން ކަމުން ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން އަދި ސާފު ނުވާކަމަށް ވެއެވެ.

އިމްރާން ޚާންގެ ޕީޓީ އާއި އަދި ނަވާޒް ޝަރީފްގެ ޕާޓީންވެސް ދަނީ ސަރުކާރު ގާއިމް ކުރާނީ އެފަރާތުން ކަމަށް ބުނަމުންނެވެ. 

މި އިންތިޚާބްގައި ވޯޓު އޮޅުވާލިކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ކާމިޔާބް ނުވި އަމިއްލަ މެމްބަރުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ.

ޕާކިސްތާންގެ އިންތިޚާބްގެ ނަތީޖާ އައީ ގިނަބަޔަކު ހައިރާންވި ފަދަ ގޮތަކަށެވެ. ގިނަ މީހުން ހީކުރީ ކާމިޔާބު ލިބޭނީ ބާރުގަދަ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އުފައްދަވާފައިވާ ނަވާޒް ޝަރީފް އަށް ކަމަށެވެ. އަދި އިމްރާން ޚާން ހުންނެވީ އިންތިޚާބްގައި ބައިވެރި ނުވެވޭ ގޮތަށް،ތިން ޖަލު ހުކުމެއް އިއްވާ ޖަލުގައިކަމަށްވާތީއެވެ.

އިންތިޚާބްގައި ތިންވަނަޔަށް އެންމެ ގިނަ ގޮނޑި ކާމިޔާބް ކޮށްފައިވަނީ އަވަހާރަކޮށްލެވިފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ގެ ޕީޕީޕީ އިންނެވެ. ނަމަވެސް ކޯލިޝަން އެއްހެދުމާ ބެހޭގޮތުން އިމްރާން ޚާންގެ ޕީޓީއައި އާކުވެސް އަދި ނަވާޒް ޝަރީފްގެ ޕީއެމްއެލްއެންއާ އެކުވެސް މަޝްވަރާކޮށްފައިނުވާކަމަށް ޕީޕީޕީ އިން ބުނެފައި ވެއެވެ.

ކަރާޗީގައި މަރުކަޒުވެފައިވާ އެމްކިއުއެމް ޕާޓީ އަށް ވެސް 17 ގޮނޑި ލިބިފައި ވެއެވެ. މިއީ އެޕާޓީ އަށް އެނބުރި އައުމެކެވެ. އަލަށް އުފެދޭ ކޯލިޝަނެއްގައި އެޕާޓީ ވެސް އިސް ދައުރެއް އަދާކޮށްފާނެ ކަމަށް ބެލެވެއެވެ.

ނެޝަނަލް އެސެމްބްލީގެ 366 ގޮނޑީގެ ތެރެއިން 266 ގޮޑިއަށް މެމްބަރުން ހޮވަނީ ސީދާ ވޯޓުންނެވެ. 70 ގޮޑި ރިޒަރވް ކުރެވިފައިވާއިރު އޭގެ ތެރެއިން 60 ގޮޑިއަކީ ކުރިހޯދި ޕާޓީ ތަކަށް ދިނުމަށް ކަނޑައަޅާފައިވާ ގޮނޑި އެވެ. އަދި 10 ގޮނޑި މުސްލިމުން ނޫން ޕާޓީތަކަށް،ގޮނޑި ކާމިޔާބް ކުރި ނިސްބަތުން  ދޭގޮތަށް އޮންނަނީ ހަމަޖެހިފައެވެ. ނަމަވެސް އަމިއްލަ ކެންޑިޑޭޓުންނަކަށް ރިޒަވް ގޮނޑިއެއް ނުލިބެއެވެ.

އާދީއްތަދުވަހު މުޅި ޕާކިސްތާންގައިވެސް މުޒާހަރާތައް ބާއްވާފައިވާއިރު، ފުލުހުން ވަނީ އިލެކްޝަންސް ކޮމިޝަން ކައިރީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.އަދި މުޒާހަރާ އަށް ނިކުންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަލާނެކަމަށް ފުލުހުން ވަނީ އަންގާފައެވެ.      

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު
އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން