ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 21:15
ޓޭލަރ ސްވިފްޓް
ޓޭލަރ ސްވިފްޓް
އޭ.އެން.އައި
ގްރެމީ އެވޯޑްސް
ގްރެމީ އެވޯޑް 4 ފަހަރު ކާމިޔާބް ކޮށްގެން ޓޭލާ ސްވިފްޓް ރެކޯޑެއް ގާއިމް ކޮށްފި
 
މިފަހަރުގެ އެވޯޑް ޓޭލާ ސްވިފްޓް އަށް ހަވާލުކޮށްދީފައިވަނީ ލަވައިގެ ދުނިޔެއަށް މަޝްހޫރު ސެލީން ޑިއޯން އެވެ.

މިޔުޒިކްގެ ދުނިޔޭގައިދެވޭ ގްރެމީ އެވޯޑްސްގައި ދޭ "އެލްބަމް އޮފް ދަ އިޔަރ" 4 ވަނަ ފަހަރަކަށް ކާމިޔާބު ކުރެވުމާއި ގުޅިގެން ލަވަކިއުންތެރިޔާ ޓޭލަރ ސްވިފްޓް މުހިންމު ރެކޯޑެއް ގާއިމް ކޮށްފިއެވެ. މީގެ ކުރިންވެސް ތިން ފަހަރު އޭނާއަށް ވަނީ ބެސްޓް އެލްބަމް އެވޯޑް ލިބިފައެވެ. އެއީ ސްޓީވީ ވޮންޑާ، ޕޯލް ސައިމަން އަދި ފްރޭންކް ސިނަޓްރާ އާ އެކު އޭނާ އުފެއްދި އެލްބަމް ތަކަށެވެ.

މިފަހަރުގެ އެވޯޑް ޓޭލާ ސްވިފްޓަށް ހަވާލުކޮށްދީފައިވަނީ ލަވައިގެ ދުނިޔެއަށް މަޝްހޫރު ސެލީން ޑިއޯން އެވެ. ބަލިވެ އުޅުމުގެ ސަބަބުން ގިނަ އަހަރު ތަކެއްވަންދެން އާންމު ތަނަކުން ނުފެނިހުރުމަށް ފަހު ގްރެމީ އެވޯޑް ހަފްލާޔަށް ސެލީން ޑިއޯން ދިއުމުން ގިނަބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

ލޮސްއެންޖަލިސްގައި ބޭއްވުނު ގްރެމީއެވޯޑް ޝޯގައި ގިނަ އެވޯޑްތައް ހާސިލް ކޮށްފައިވަނީ އަންހެނުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް