ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 11:10
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން
ޕޮލިސް
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުން
ކުޅުދުއްފުށީގައި ހިންގި ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް 52 މީހަކު ފުރިހަމަކޮށްފި
 
ވަކިވަކިން ދެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވޭ
 
އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވޭ
 
މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވޭ

ހދ. ކުޅުދުއްފުށިން ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް 52 މީހަކު ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރު އެެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި ޕޮލިހާއި ރޯޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާއިރު ޓެކްސީ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް ފެބުރުވަރީ 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 31 މީހުން ބައިވެރިވިއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމަށް ޖަނަވަރީ 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ޓެކްސީގެ ޚިދުމަތާ އަލަށް ގުޅޭ 21 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި