ކ. މާލެ
|
3 ފެބްރުއަރީ 2024 | ހޮނިހިރު 20:38
ނަލަހިޔާނަލަހިޔާ ހޮޓެލްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ނަލަހިޔާނަލަހިޔާ ހޮޓެލްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ އެއް ހިނގުން
ނަލަހިޔާ ހޮޓެލްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއް

ނަލަހިޔާ ހޮޓެލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެހޮޓަލުގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ހާދިސާގެ ރިޕޯޓް، ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:22 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ސަރަހައްދުން ދުންތައް ބޭރުކުރުމުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގައި ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

- ކޮމެންޓް