ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 22:18
ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމާގުޅޭ މަޝްވަރާތަކުގެ ތެރެއިން
ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމާގުޅޭ މަޝްވަރާތަކުގެ ތެރެއިން
ހޯމް މިނިސްޓްރީ
ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު
ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ
 
މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކަކީ ލ އަތޮޅާއި ކ. ކާށިދުއާއި ނ. ވެލިދޫ

ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް، ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ)ން ނިންމައިފިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް އެންޑީއޭއިން ވަނީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާންކުރާފަދަ ފަރުވާދޭ މަރުކަޒުތައް ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް، ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމުގައި އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން އޮތީ ކުރިން ލަފާ ދެއްވާފައެވެ. މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކަކީ ލ އަތޮޅާއި ކ. ކާށިދުއާއި ނ. ވެލިދުއެވެ.

ލ އަތޮޅުގައި މި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް އެންޑީއޭން ވަނީ މި މަހުގެ 24ން 28ށް ލ އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް، މަސައްކަތް ފަށާފައެވެ. މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، ހިތަދޫ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާވެސް ބައްދަލުކޮށްފައި ވެއެވެ. އެންޑީއޭގެ ޓީމު ލ އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރަށްފަހު އެ އަތޮޅުގައި މި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އަތޮޅުގެ ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށް އެންޑީއޭން ބުނެއެވެ.

މި ދިރާސާ ދަތުރުގައި އެންޑީއޭގެ ސީއީއޯ އިމާދު ސާލިހާއި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އިސްމާއީލް އިބްރާހީމް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖެއިން 60،000 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓައި މައްސަލަ ބަލަނީ
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
އެސްއޯ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ހޯދަން ސަރުކާރުން އަންގައިފި
އަނިޔާކުރި ކުދިންނަށް 15 އަހަރު ނުފުރޭތީ ކުށުގެ އަމަލަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތް: މިނިސްޓަރ
ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 4000 މީހުން އެތެރެވެއްޖެ - މިނިސްޓަރު
ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ: ހޯމް މިނިސްޓްރީ
ސިޔާސަތުތަކަށް ގެނައި ބަދަލާއެކު މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް މަދުކުރެވިފައިވޭ: ހޯމް މިނިސްޓްރީ
ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި