ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 19:04
އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް
އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް
ގޫގުލް
ޓްރާންސްފާ މާކެޓް
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
ކޫޓީނިއޯ ނުލުބިއްޖެ ނަމަ ބާސާއިން އޮޒިލްއަށް ބިޑް ކުރާނެ ކަމަށް ރިޕޯޓްތަށް ބުނޭ
ރިޕޯޓްތަށް ބުނާގޮތުން ބާސާއިން އަންނަނީ އޮޒިލްއަށް 65 މިލިއަން ޔޫރޯގެ ބިޑެއް ތައްޔާރު ކުރަމުން

އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް  ހޯދުމަށް  ސްޕެއިންގެ  ގަދަ ބާރު، ބާސެލޯނާއިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް  ބުނެފިއެވެ.

ރިޕޯޓްތައް  ބުނާގޮތުން ބާސާއިން ވަނީ ، ލިވަޕޫލްގެ ތަރި ފިލިޕޭ ކޫޓީނިއޯ ނުލިބިއްޖެ ނަމަ އިޒޮލްއަށް ބިޑްކުރަން ތައްޔާރު ވަމުންނެވެ. އެގޮތުން އެޓީމުން އޮޒިލްއަށް 65 މިލިއަން ޔޫރޯ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓަތައް  ބުނެއެވެ.

ބާސާއިން ކޫޓީނިއޯ ހޯދުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން އެޓީމުން އޭނާ ހޯދުމަށް 80 މިލިއަން ޔޫރޯ ހުށަހެޅުމުން ވެސް ލިވަޕޫލްއިން ވަނީ ބިޑް ރިޖެކްޓް ކޮށްލާފައެވެ. އެގޮތުން އެޓީމުން ދިޔައީ، ކޫޓީނިއޯ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ކޫޓީނިއޯ ވަނީ ފާއިތުވި ސީޒަނުގައި، ލިވަޕޫލް އާއި އެކު އޭނާ ހަދާފައިވާ  އެއްބަސްވުން އާކޮށްފައެވެ.

ރިޕޯޓްތަށް ބުނާގޮތުން އޮޒިލް ވަނީ، އަންނަ ސީޒަނުގައިވެސް އޭނާ ފެނިގެންދާނީ އާސެނަލްއިން ކަމަށް ބުނެފައެވެ. ނަމަވެސް މިސީޒަނުގެ ނިޔަލަށް އޭނާ އާސެނަލް އާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް އެއްބަސްވުން އާކުރުމުގެ އެއްވެސް ވާހަކައެއް، އޮޒިލް ރަސްމީ ސިފައެއްގައި ދައްކާފައެއް ނުވެއެވެ. އެގޮތުން އަންނަ ސީޒަނުގައި، އާސެނަލްއަށް ޗެމްޕިއަންސް ލީގު ކުޅުމަށް ފުރުސަތު ލިބިފައި ނެތުމުން އޮޒިލް ކުލަބް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި އޮޒިލްގެ އޭޖެންޓް ވަނި، މިފަހަރުގެ  ޓްރާންސްފާގައި އޮޒިލް ކްލަބް ބަދަލުކުރުމުގެ ފުރުސަތު  އޮތް  ކަމަށް ބުނެފައެވެ.

އޮޒިލް އާއި އެކު، އަސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ތަރި އެލެގްޒިސް ސަންޗޭޒް ވެސް މިފަހަރުގެ ޓްރާންސްފާގައި ކްލަބް ދޫކޮށްލާނެކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

އޮޒިލް ވަނީ މީގެ ކުރިން، ބާސާ އާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް