ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 13:51
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ރާއްޖެއެމްވީ
ދިވެހި ޅެން ކުރިއެރުވުން
ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ދެވިދާނެތޯ ބެލުމަށް ދިރާސާއެއް ހަދަނީ
 
ޅެމުން މީހުންނަށް އުފާވެރިކަމާއި، އުންމީދު ގެނެސްދެވޭ
 
މިއީ ކުރެވިދާނެ ކަމެއް ކަމަށް ކަމާ ގުޅޭ އެބޭފުޅުން ވިދާޅުވޭ
 
މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ

ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ދެވިދާނެތޯ ބެލުމަށް ދިރާސާއެއް ހަދަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތައް ހަދަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދިވެހި ޅެންތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

މިމަސައްކަތް ކުރުމާއި ގުޅޭގޮތުން ކަމާގުޅުންހުރި ބޭފުޅުންނާއި މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއީ ކުރެވިދާނެ ކަމެއް ކަމަށް އެބޭފުޅުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ޅެމުން މީހުންގެ އިހުސާސްތައް ބަދަލުކުރެވޭ ކަމަށާއި، މީހުންނަށް އުފާވެރިކަމާއި، އުންމީދު ގެނެސްދެވޭ ކަމަށެވެ. އެހެންކަމުން ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންނަށް ޅެމުން އުފާވެރިކަން ގެނެސްދެވި، ފިކުރުތަކުން ދުރުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ދިރާސާތަކުން މިކަން ފެންނަން އެބަހުރި ކަމަށެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ އަފީފްގެ ޅެންފޮތް "އަލިދޯދި" ވަނީ ނެރެފައެވެ.

މި ރަސްމިއްޔާތުގައި ގިނަ ޅެންވެރިންނާއި، އެކަޑަމީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް