Advertisement
ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 08:30
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައި ދެ މަސްބޯޓު
އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައި ދެ މަސްބޯޓު
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން
ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ބޭރުގެ ދެ މަސްބޯޓެއް ހިފަހައްޓައިފި
މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހު

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ ދެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައެވެ. 

Advertisement

އެމްއެންޑީއެފުން ބުނީ މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހުކަމަށެވެ. މި ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓުގައި 7 ފަޅުވެރިން ތިބިއިރު، އަނެއް ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ. 

މި ދެ މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކްޑްރަންގެ ކޯސްޓްގާޑް ޝިޕް ނޫރައްދީނުގެ ބެލުމުގެ ދަށުގައި ހއ.ފިއްލަދޫގައި ބަނދަރުކޮށްފައެވެ. އަދި، މި ދެ މަސްބޯޓު މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް