Advertisement
ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 12:52
ކަނޑިންމަ ރިސޯޓުގެ ފުއްޓަރުން ފެނުނު ކިނބޫ
ކަނޑިންމަ ރިސޯޓުގެ ފުއްޓަރުން ފެނުނު ކިނބޫ
އެމްއެންޑީއެފް
ކިނބޫ ދޫކޮށްލުން
ކަނޑިންމަ ރިސޯޓުގެ ފުއްޓަރުން ފެނުނު 9 ފޫޓު ކިނބޫ ދޫކޮށްލައިފި
އެ ކިނބޫ ދޫކޮށްލާފައިވަނީ ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުސަތު ކުޑަވާގޮތަށް ބޭރު ކަނޑަށް
ރާއްޖޭގެ އެކި ސަރަހައްދުތަކުން މަދު މަދުން ނަމަވެސް ކިނބޫ ފެނޭ

ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގެ ފުއްޓަރުން ފެނުނު 9 ފޫޓް ހުރި ކިނބޫ ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބުރާސްފަތި ދުވަހު އެ ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުސަތު ކުޑަވާގޮތަށް، ބޭރު ކަނޑަށް ކަމަށެވެ.

މި ކިނބޫ ފެނިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ސިފައިންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 24ވީ ބުދަ ދުވަހުގެ ހަވީރު 4:08 ހާއިރުއެވެ.

Advertisement

އެ ރިޕޯޓު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތަރޑް ސްކޮޑްރަންގެ ސިފައިން ހާބަ ކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މަދު މަދުން ނަމަވެސް ކިނބޫ ފެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް