ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 05:35
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދަނީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ހަނިމާދޫ އައު ރަންވޭ
ހަނިމާދޫ އައު ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި
މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެށި މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ން ބުނެފިއެވެ.

އާރުއޭސީއެލުން ބުނީ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މިހުޅުވަނީ ރަންވޭގެ ދެކުނު ފަޅިއަށް ވާގޮތަށް ތަރައްގީކުރާ 1200 މީޓަރުގެ ރަންވޭއެވެ.

އަލަށް ހަދާ ރަންވޭގެ ބައެއް ބޭނުން ކުރަން ފަށަން ނިންމީ، އެއާޕޯޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ޞާލިހުގެ ސަރުކާރުން އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އާއެވެ. އެ ކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 

މިއީ މާލެ ފިޔަވައި އެހެން ތަނެއްގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ. މުޅި މި މަޝްރޫޢު 2024 ގައި ނިމޭނެ ކަމަށް ލަފާކުރާއިރު މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

- ކޮމެންޓް