ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 14:27
 ބަޔާން މިއުނިކަށް ކުޅެމުން އަންނަ އެޓީމުގެ ފޯވާޑް ތޯމަސް މުލާ
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އެޓީމުގެ ފޯވާޑް ތޯމަސް މުލާ
ގޯލް.ކޮމް
ތޯމަސް މުލާ
ކުރިޔަށް އޮތް ސީޒަނަށް ބަޔާން ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން: މުލާ
ޓީމަށް ވެވުނު ވަރަކުން އެހީވާން ބޭނުންވޭ
ޕްލޭ މޭކަރެއް ގޮތުގައި ނުވަތަ ލަނޑުޖަހާ މީހެއް ގޮތުންވެސް ކުޅެން މައްސަލައެއް ނެތް

ކުރިޔަށް އޮތް ސީޒަނަށް ބަޔާން މިއުނިކް ނިކުންނާނީ ހުރިހާ ތައްޓެއް ކާމިޔާބުކުރަން ކަމަށް އެޓީމުގެ ފޯވާޑް ތޯމަސް މުލާ ބުނެފިއެވެ.

ގޯލްޑޮޓްކޮމްއަށް ދިން އިންޓަވިއުގައި މުލާ ބުނީ ޓީމަށް ވެވުނު ވަރަކުން އެހީވާން ބޭނުންވާ ކަމަށެވެ. އެގޮތުން ޕްލޭ މޭކަރެއް ގޮތުގައި ނުވަތަ ލަނޑުޖަހާ މީހެއް ގޮތުންވެސް ކުޅެން މައްސަލައެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މުލާ ބުނީ އާންމުކޮށް ބަޔާން ކުޅޭ ހުރިހާ މުބާރާތެއް އެޓީމު ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، އެއީ ހުރިހާ މެޗެއް، ހުރިހާ މުބާރާތެއް އަދި ހުރިހާ ތަމްރީން ސެޝަނެއްގައިވެސް އެންމެ ވަރުގަދަ ޓީމަށް ވުމުގެ އަޒުމުގައި ކުރާ ކަމެއް ކަމަށެވެ.

ބަޔާންއާ އަލަށް ގުޅުނު ރެއާލްގެ ކުރީގެ މިޑްފިލްޑަރު ހަމޭސް ރޮޑްރިގޭޒް އަދި ފްރާންސްގެ ޓޮލީސޯއާ ބެހޭގޮތުން މުލާ ބުނީ އެ ދެ ކުޅުންތެރިންނަކީވެސް ވަރަށް މޮޅު ދެ ކުޅުންތެރިން ކަމަށާއި، ފާއިތުވެދިޔަ ހަފްތާގައި އެ ކުޅުންތެރިންނާއެކު ރަނގަޅު ވަގުތަކެއް ހޭދަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މުލާ ބުނީ އެ ދެ ކުޅުންތެރިން ދަނޑުމަތީގައި ވެސް މޮޅު ކުޅުމެއް ދައްމުން އަންނަ ކަމަށާއި، ތަމްރީން ސެޝަންތަކުގައިވެސް ތަފާތު ދައްކާ ކަމަށެވެ.

މިދިޔަ ސީޒަނުގައި މުލާ ވަނީ ބަޔާން އަށް ޖުމްލަ 42 މެޗު ކުޅެ 8 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމަށް ޖަރުމަން ލީގު ކާމިޔާބުކޮށްދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިދިޔަ ސީޒަން ޖަރުމަން ލީގުގެ ޗެމްޕިއަންކަމާއެކު ބަޔާން ނިންމާލާފައިވާއިރު، އެޓީމު ވަނީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު އެންމެ ދެ މެޗުން ބަލިވިއިރު، ހަތް މެޗުން ވަނީ އެއްވަރުވެފައެވެ. ބާކީ 25 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް