Advertisement
ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 22:43
އާރްއޭސީއެލުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން
އާރްއޭސީއެލުން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން
ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ
އާރްއޭސީއެލްގެ އެއަރޕޯޓުތަކުގެ މަސައްކަތް
އާރްއޭސީއެލްގެ އެއަރޕޯޓުތަކުގެ 2024ވަނަ އަހަރުގެ އެއަރޕޯޓު އެމަރޖެންސީ އެކްސަސައިޒަށް ތައްޔާރުވާން ފަށައިފި
މަގުސަދަކީ އެމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ މުއައްސަސާތައް އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތައް ބެލުން
އެފަދަ ހާލަތްތަކަށް ފަރިތަވާން ޖެހޭ

ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ އެއަރޕޯޓުތަކުގެ 2024ވަނަ އަހަރުގެ އެއަރޕޯޓު އެމަރޖެންސީ އެކްސަސައިޒަށް ތައްޔާރުވާން ފަށައިފިއެވެ.

އާރްއޭސީއެލުން ބުނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ އިންޓަރނޭޝަނަލް އޭޖެންސީކަމަށްވާ އައި.ކާ.އޯއިން ހުރިހާ އެއަރޕޯޓަކަށް އަހަރަކު 1 ފަހަރު ހިންގުމަށް މަތިކޮށްފައިވާ އެއަރޕޯޓް އެމަރޖެންސީ އެކްސަސައިޒަށް ތައްޔާރުވަމުންދާ ކަމަށެވެ.

Advertisement

މި އެކްސަސައިޒްގެ ބޭނުމަކީ އެމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެއަރޕޯޓާއި އަދި އެއަރޕޯޓް ހިމެނޭ ސަރަހައްދުގައިވާ ގުޅުންހުރި މުއައްސަސާތައް އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތައް ބަލާ، މުރާޖައާކޮށް އަދި އެއަށް ފަރިތަވުން ކަމަށް އާރްއޭސީއެލުން ބުނެއެވެ.

މި ތަމްރީންތަކުގައި އެއަރޕޯޓާއި، ކައުންސިލްތަކާއި، ޕޮލިސް، އެމްއެންޑީއެފް، އަދި ހެލްތް ސެންޓަރުތައް ބައިވެރިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް