ރޯކޮށްފައި ހުރި އުއްބައްތިއެއް، ކައިރީގައި ހުރި ކުނިވަށަގަނޑަކަށް ވެއްޓުމަކީ ބައެއް މީހުންނަށް މާ ބޮޑު ކަމަކަށް ނުވުން އެކަށީގެންވެއެވެ. ނަމަވެސް، ކިޔަވަން އުޅުނު ދުވަސްވަރު އިތުރު ދަރިވަރުންތަކަކާއެކު އޭނާ ހިއްސާ ކުރަމުން ދިޔަ ބަދިގޭގައި ހިނގި އެ ހާދިޘާ ވެގެން ދިޔައި އެނޮކް ނަގަންގާގެ ދިރިއުޅުމުގެ ބާކީ އޮތް ތަނުގައި އޭނާގެ ޙަޔާތް ވޭތުކުރާނެ ގޮތް ކަނޑައަޅައިދިން ކަމަކަށޭވެސް ބުނެވިދާނެއެވެ.
އެތައް ކަމެއް ފަޙުމުވެގެން ދިޔަ އެ ހިނދުކޮޅުގެ ތެރޭގައި، އޭނާގެ މާޒީގެ ހަނދާންތަކެއްވެސް ނަގަންގާގެ ސިކުނޑިއަށް ވެރިވިއެވެ. އެއީ އެންމެ އިހުގަ، އޭނާގެ މާމަ، ދަރު ޖައްސައިގެން އަލިފާންގަނޑު ޖަހަން އުފުލި ތަކުލީފުތަކުގެ ހަނދާންތަކެވެ. ދުމުގެ ސަބަބުން ޞިއްޙަތަށް ފޯރަމުން ދިޔަ ނޭދެވޭ އަސަރުތަކުގެ ހަނދާންތަކެވެ. މި ހުރިހާ ކަމެއް، ނަގަންގާގެ މިޞްރާބު އަނބުރާލީ، ދެމެހެއްޓެނިވި ހަކަތައިގެ ޙައްލު ހޯދުމާ ދިމާއަށެވެ.
ކިޔަވަން އުޅުނު ދުވަސްވަރު ކުލާހަށް އެބަ ދާންޖެހޭ ކަރަންޓު ނެތި ތައްޔާރުވެގެން. ވަރަށް އުނދަގޫ ދިރިއުޅުމެއް އެއީ. ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯދައިދޭނަމޭ އޭރުވެސް ހިތުގަ އޮތް. އެހެން އުޅެނިކޮށް އެއް ރެއަކު މި ވީ ގޮތަކީ، ބަދިގޭގަ ކައްކަން އުޅުމުގެ ތެރޭގައި، އެތާ ބޭނުންކޮށް ހުލިވަމުން ދިޔަ އުއްބައްތި މި ވެއްޓުނީ ކައިރީގަ ހުރި އުކާލާ ކާބޯތަކެތި އަޅާ ވަށިގަނޑަށް. ވެއްޓި، އޭގަ ރޯވީ. އެ ހިސާބުން އަހަރެން ހިތަށް އެރީ، މީ އަޅެ ކޮން ފަދަ ކަމެއް ބާވޭ! އެހާ ހިސާބުން ޝަޢުޤު އުފެދިގެން ވެށީގެ ކެމިސްޓްރީއާ ބެހޭ ޕްރޮފެސަރާ މަޝްވަރާ ކުރަން ފެށީ. ބަޔޯގޭހަކީ އެންމެ ރަނގަޅު ގޮތްކަން އަހަންނަށް ވިސްނައިދިނީ ޕްރޮފެސަރު.އެނޮކް ނަގަންގާ؛ ބެނީން ބަޔޯގޭހުގެ ފައުންޑަރ
ޢުމުރުން 36 އަހަރުގެ ނަގަންގާ ނިސްބަތް ވަނީ ދެކުނު އެފްރިކާގެ ޤައުމެއް ކަމަށް ވާ ބެނީންއަށެވެ. މިއަދު އޭނާއަކީ 'ބެނީން ބަޔޯގޭސް' ކުންފުނީގެ ޖަޑިބެވެ. އެ ކުންފުންޏަކީ، ކޮންމެ ދުވަހަކުވެސް އުފެދެމުން ދާ ބަޔޯވޭސްޓުން ހަކަތައިގެ ވަރުގަދަ މަސްދަރެއް އުފައްދާ ދޭސީ ކުންފުންޏެކެވެ.
އަހަރެމެންގެ މި ވެށީގަ، ވީހާވެސް ސާދާ ޙައްލުތަކެއް ހޯދާ، އީޖާދު ކުރެވޭނެ ގޮތެއް އަހަރެމެން އަބަދުވެސް އެބަޖެހޭ ވިސްނަން. އެ ޙައްލަށް އާބާދީވެސް އަހުލުވެރިވެ، އެ ޓެކްނޮލޮޖީ ބަލައިގަންނަ ވަރު ކުރަން ޖެހޭ. މިތާ އަހަރެމެން ކުރި މަސައްކަތް މި ހުރީ ފެންނަން. ކޮންމެ ގެއެއްގަހެން އެބަ އުޅޭ ރާނާ މަސައްކަތް ކުރާ މީހުން. އެމީހުންނާ އެކީގަ ތަމްރީނު ވާން ފެށީ އަހަރެމެންވެސް. ޓީމުތައް ހަދައިގެން އެމީހުންނާ އެކީ މަސައްކަތް ކުރީ. މި ގޮތަށް ބިންމަތީގަ ރާނާލީމަ ވަރަށް ފަސޭހަ. ބޮޑެތި މެޝިންތަކެއް ބޭނުމެއް ނުވޭ. ނުވިތާކަށް، ބޭނުން މި ކުރަނީ އަމިއްލަ ގެއާއި ދަނޑުބިންތަކުގަ އުފެދޭ ކުނިބުނި.އެނޮކް ނަގަންގާ؛ ބެނީން ބަޔޯގޭހުގެ ފައުންޑަރ
ބަޔޯވޭސްޓަކީ ދިރޭ މަޚްލޫޤުންގެ ޞިއްޙަތާއި ފުރާނައަށް، ވަކިން ޚާއްޞަކޮށް އިންސާނުންނަށް ގެއްލުން ދެނިވި ކެމިކަލް ނުވަތަ ބަޔޮލޮޖިކަލް ނުރައްކަލެއް އޭގައި އެކުލެވޭ އެއްޗެކެވެ. ހޮސްޕިޓަލުތަކަކީ އެންމެ ގިނަ ޢަދަދަކަށް ބަޔޯވޭސްޓް އުފައްދާ ތަންތަނެވެ. ބަޔޯހެޒާޑްސްގެ ގޮތުގައި މާނަކުރަނީ އިންސާނުންނާއި ޖަނަވާރުތަކަށް ނުވަތަ ތިމާވެއްޓަށް ނުރައްކާތެރި ކޮންމެ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާއެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ހަށިގަނޑުން އެކި ގޮތްގޮތަށް ބޭރުވާ ދިޔާ މާއްދާތަކާއި، އިންސާނާގެ ޓިޝޫތަކާއި ލޭ ފަދަ އެއްޗެހި ހިމެނެއެވެ.
މި ދަނޑުގަ ގެންގުޅޭ ނާމްސޫފީގެ ޖަނަވާރުތައް އުފައްދާ ބަޔޯވޭސްޓާއި، އެހެނިހެން މަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުނި އަހަރެމެން މި އުފައްދަނީ ގޭހުގެ އުފެއްދުންތައް. ދެން އެ މި ބޭނުން ކުރަނީ އަވަންތަކުގަ. ކެއްކުމުގެ އެކި ކަންކަމުގަ. އަދި ކޮބާ، ކަރަންޓުވެސް އުފައްދައިދޭ.އެނޮކް ނަގަންގާ؛ ބެނީން ބަޔޯގޭހުގެ ފައުންޑަރ
ކުޑައެއް ކަމަކު ނަގަންގާގެ މުރާލި ޓީމުން ދަނީ، ބެނީންގެ އެތައް ސަތޭކަ ގެއަކާއި 12 އަށް ވުރެ ގިނަ ދަނޑުބިމުގައި އުފައްދާ ކުނި މެނޭޖުކޮށް، ހަކަތަ އުފެއްދުމާ ގުޅުން ހުރި ކަންކަމަށް އިންޤިލާބީ ބަދަލެއް ގެނެސްދެމުންނެވެ.
ނަގަންގާގެ ލީޑަރު ކަމުގެ ދަށުން ބަޔޯގޭސް ބެނީންއިން ވަނީ ޢާންމުން ދިރިއުޅޭ އަވަށްތަކާއި، ސިނާޢީ މަސައްކަތް ކުރާ ސަރަޙައްދުގެ ބިމު އަޑީގައި، 10 އަކާއި 124 ކިއުބިކް މީޓަރާ ދެމެދު ސައިޒެއްގެ ކޮންކުރީޓު ޓޭންކުތަކެއްގެ ނެޓްވަރކްއެއް އަޅާފައެވެ. ގުދަން ކުރުމަށް ވުރެ ބޮޑަށް، އެ ޓޭންކުތައް މަސައްކަތް ކުރަނީ އޯގޭނިކް ކުނި، ބަޔޯގޭހަށް ބަދަލު ކުރާ ރިއެކްޓަރުތަކެއްގެ ގޮތުގައެވެ. ބަޔޯގޭހަކީ މީތޭންގެ މުއްސަނދިކަން ލިބިފައިވާ، ހަކަތައިގެ މަސްދަރެކެވެ. މިއަދު އެ ކުންފުނިން ދަނީ 560 އަށް ވުރެ ގިނަ ގޭބިސީއަށް ކެއްކުމާއި، ގޭތެރޭގައި ހޫނު ހިފަހައްޓަން ބޭނުންވާ ހަކަތަ ސަޕްލައި ކޮށްދެމުންނެވެ.
ހަމަ އެކަނި އުނދުންތަކާ ހިސާބުން ނިންމާލަނީއެއް ނޫނެވެ. ޤުދުރަތީ ގޮތުން އޮކްސިޖަންގެ މުއްސަނދިކަން ލިބިފައި ވާ ސަރަޙައްދުގައި އޭގެ ޒާތުގައި ނެތިފަނާވެ ދާ އެއްޗެއްސަކީ ކޮމްޕޯސްޓް ވޭސްޓްއެވެ. ބެނީންގެ ބައެއް ސަރަޙައްދުގައި އުފައްދާ ބަޔޯގޭހުގެ ޢަދަދު ބޮޑު ކަމުން، ބައެއް އަވަށްތަރަކަށް 24 ގަޑިއިރުގެ ކަރަންޓު ކަށަވަރުވެއެވެ، އެއީވެސް އަދި ދަޢުލަތުގެ ކަރަންޓު ގުރިޑުން ބޭރުންނެވެ.
ހަކަތައިގެ މައިދާނުން ބޭރުގައިވެސް ބެނީން ބަޔޯގެހުން ދަނީ ވިޔަފާރި ފުޅާ ކުރަމުންނެވެ. ދޭސީ ދަނޑުވެރިންނަށް އެއްބާރުލުންދީ، ސިނާޢަތުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ދަނޑުވެރިން އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް އަގުބޮޑު އެއްޗެއް ފެންނަ ހިސާބުން އެ ގަނެ ފޮރުވާފައި ބޭއްވުން ކަހަލަ ކަންކަން ކުރެވިދާނެއެވެ.
ފޮސިލްސްއިން އުފައްދާ ހަކަތަ އަދިވެސް ދާނީ ބޭނުން ކުރަމުން. އެކަމަކު ކުރިއަރަމުން ދާ ވަރަކަށް، އެ ބޭނުން ކުރާ އިންސައްތަ ދަށްވަމުން ދާނީ. މި ގޮތަށް ލާމަރުކަޒު ކުރެވިފައި ހުރި އިންޖީނުގެތަށް އަޅަން ފެށިއްޖެނަމަ، އިސާހިތަކު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ. ހުރިހާ ތަޣައްޔަރުކަމަކުން މިތަން ސަލާމަތް ކުރެވޭނެ. ގަސްކާނާ ނުލިބިގެން މިއަދު އުފުލަންޖެހޭ ތަކުލީފުތަކުންވެސް މިންޖުވާނެ. ހަކަތައިގެ ސިނާޢަތުގެ މިނިވަންކަން ލިބުމުގެ އިތުރަށް، ދަނޑުވެރިކަމުގެ ސެކްޓަރަށްވެސް ބާރުތަކެއް ލިބޭނެ. އެއީ ވަރަށް ގިނަ ބަޔަކު މިހާރުވެސް ޢާމްދަނީ ހޯދަމުން އަންނަ ދާއިރާއެއް.އެނޮކް ނަގަންގާ؛ ބެނީން ބަޔޯގޭހުގެ ފައުންޑަރ
މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ހަކަތައިގެ ދަތިކަމުގެ މައްސަލައަށް ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ދުނިޔޭގައި، ބެނީން ބަޔޯގޭސްގެ ފުރިހަމަ އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުން، ކަސްޓަމަރުންގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށް ނަގަންގާ އުންމީދު ކުރެއެވެ.