ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 11:09
ސަލާހު އަށް މެޗުގައި ކުޅެވުނީ އެއް ހާފް
ސަލާހު އަށް މެޗުގައި ކުޅެވުނީ އެއް ހާފް
ރޮއިޓާސް
އެފްރިކަން ކަޕް އޮފް ނޭޝަންސް
މިޞްރު ދެވަނަ މެޗުންވެސް އެއްވަރު، ސަލާހު އަށް އަނިޔާ
މިސްރު ދެ މެޗުވެސް އެއްވަރުވީ 2-2 ން

އެފްރިކަން ކަޕް އޮފް ނޭޝަންގައި މިޞްރު ކުޅުނު ދެވަނަ މެޗުވެސް އެއްވަރުވިއިރު, ކެޕްޓަން ސަލާހު އަށް އަނިޔާވުމުން ލިބުނު މާޔޫސްކަން ބޮޑުވެއްޖެ އެވެ.

ފުރަތަމަ މެޗު 2-2 ން އެއްވަރުވެފައި ވަނިކޮށް, ދެވަނަ މެޗުގައި ގާނާއާ ވާދަކޮށް އެއްވަރުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ. މެޗުގައި ދެ ފަހަރު ވެސް ކުރިހޯދީ ގާނާއިންނެވެ. ފުރަތަމަ ލަނޑު ޖަހާ ގާނާއިން ކުރި ހޯދީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ލަނޑު ޖެހީ މުޙައްމަދު ކުޑޫސް އެވެ. އޭގެ ކުރިން 45 ވަނަ މިނެޓުގައި މިސްރުގެ ކެޕްޓަން އަދި ފޯވާޑް ސަލާހު އަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. މިއީ މިސްރުގެ އިތުރުން ލިވަޕޫލަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ސަލާހުގެ އަނިޔާގެ ތަފްސީލް އަދި ނުލިބެއެވެ.

މިސްރުން ފުރަތަމަ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގައެވެ. 69 ވަނަ މިނެޓުގައި ނަތީޖާ ހަމަހަަމަ ކޮށްދިނީ މާމޫޝް އެވެ. ގާނާ އަށް ދެވަނަ ފަހަރަށް ވެސް ކުރި ހޯދައިދިނީ ކުޑޫސް އެވެ. އެއީ 71 ވަނަ މިނެޓުގައެވެ. މިސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 74 ވަނަ މިނެޓުގައި އަބްދުالله އެވެ.

މުބާރާތުގައި ނައިޖީރިޔާ އިން ވަނީ 1-0 ން އައިވަރީ ކޯސްޓް ބަލިކޮށްފަ އެވެ. މިސްރު ހިމެނޭ ގްރޫޕް ބީގައި 2 ޕޮއިންޓާއެކު މިސްރު އޮތީ ދެވަނައިގަ އެވެ. އެއްވަނާގައި އޮތީ އެއް މެޗު ކުޅެ, އެ މެޗުން މޮޅުވި ކޭޕް ވާޑް އެވެ. ގާނާ އޮތީ އެއް ޕޮއިންޓާއެކު ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް