ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 17:06
ޖަޕާން ގެ އެއާލައިނެއްކަމަށްވާ އޯލް ނިޕޯން އެއާވޭސް (އޭއެންއޭ) ގެ ބޯޓެއް
ޖަޕާން ގެ އެއާލައިނެއްކަމަށްވާ އޯލް ނިޕޯން އެއާވޭސް (އޭއެންއޭ) ގެ ބޯޓެއް
ގެޓީ އިމޭޖަސް
ފަސިންޖަރަކު ކްރޫއެއްގެ އަތުގައި ދަތްއެޅުން
ފަސިންޖަރަކު ކްރޫއެއްގެ އަތުގައި ދަތްއެޅުމުގެ ސަބަބުން ފްލައިޓް އަނބުރާ ޖައްސަން ޖެހިއްޖެ
 
ޖަޕާންގެ އެވިއޭޝަން އިންޑަސްޓްރީ އަށް ވަނީ ގާތް ގާތުގައި ތަފާތު ހާދިސާތަކެއް ކުރިމަތިވެފައި

ޖަޕާންގެ ޓޯކިޔާއިން ފުރައިގެން އެމެރިކާއަށް ދަތުރު ކުރި އޯލް ނިޕޯން އެއާވޭސް (އޭއެންއޭ) ގެ ޕްލައިޓެއްގައި ދަތުރުކުރި ފަސިންޖަރަކު އެބޯޓުގެ ކްރޫއެއްގެ މުލައްދަނޑީގައި ބާރަށް ދަތް އެޅުމުގެ ސަބަބުން ބޯޓު އަނރާ ޓޯކިޔޯގައި ޖައްސައިފިއެވެ. އެއާލައިންގެ ފަރާތުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ވަރަށް ގަދަޔަށް މަސްތުވެފައި ހުރި އުމުރުން 55 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ. އޭނާ ހޮސްޓެސްގެ މުލައް ދަނޑީގައި ދަތްއެޅިލެއް ބާރުކަމުން އެތަން ކެނޑިފައިވާ ކަމަށް ޚަބަރުލިބެއެވެ.

ޖަޕާންގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އެމީހާ ނިދާބޭހެއް ބޭނުން ކޮށްގެން ހުރުމުން އެކަން ހިނގިގޮތެއް ހަނދާން ނުވާކަމަށް އޭނާ ފުލުހުންގާތު ބުނެފައި ވެއެވެ. ބޯޓު އަނބުރާޖެއްސުމަށްފަހު އޭނާވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

މިހާދިސާއަކީ ޖަޕާންގެ އޭވިއޭޝަން އަށް ގާތްގާތުގައި ކުރިމަތިވި ފަސްވަނަ އާދަޔާޚިލާފް ހާދިސާއެވެ.

ހޮނިހިރު ދުވަހުވެސް އޭއެންއޭގެ ޑޮމެސްޓިކް ބޯޓެއްގެ ކޮކްޕިޓްގެ ބިއްލޫރި ގަޑެއްގައި ރެނދެއް ހުރުމުގެ ސަބަބުން ބޯޓު އަބުރާ ޖައްސާފައި ވެއެވެ. ރެނދު ހުރީ ހަތަރު ލެޔަރަށް ހުންނަ ކުޑަދޮރުގެ އެންމެ ބޭރު ލޭޔަރުގަ ކަމަށާ އެކަމުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެއާލައިނުން ބުނެފައި ވެއެވެ.

ޖެނުއަރީ 2ވަނަ ދުވަހުވެސް 379 ފަސިންޖަރުންނާއެކު ދަތުރު ކުރި ބޯޓެއް، އެއާޕޯޓުގައި ހަރަކާތްތެރިވި ކުޑަ ބޯޓެއްގައި ޖެހިފައިވެއެވެ. މިހާދިސާގައި ކުޑަބޯޓުގައި ތިބި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާއިރު ބޮޑުބޯޓުގައި ތިބި އެންމެން ސަލާމަތް ވެފައި ވެއެވެ.

އޭއެންއޭގެ ބޯޓެއް އާދީއަތަ ދުވަހު އެމެރިކާގެ ޗިކާގޯ ގައި ޑެލްޓާ އެއާލައިންސްގެ ބޯޓެއްގައި ޖެހިފައިވެއެވެ. އެހާދިސާގައި މީހަކަށް ކަމެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް