ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 20:27
ތޫފާން ބިލާލްގެ ސަބަބުން ރާޅުބޮޑުވެފައި
ތޫފާން ބިލާލްގެ ސަބަބުން ރާޅުބޮޑުވެފައި
ރޮއިޓާރސް
ތޫފާން ބިލާލް
ބާރުގަދަ ތޫފާނެއްގެ އަސަރު މޮރިޝަސް އަދި ރިޔޫނިއަން އަށް ކޮށްފި
 
860،000މީހުންގެ އާބާދީ އެއް އޮންނަ ރިޔޫނިއަން ގައި އެންމެންވެސް ގޭގެއިން ނުނިކުމެ ތިބުމަށް ވަނީ އަންގާފައި

ތޫފާން ބިލާލްގެ ނަމުން ނަންދީފައިވާ ތޫފާން އެރުމުގެ ސަބަބުން އިންޑިޔާކަނޑުގައިވާ ޖަޒީރާ ދެގައުމު ކަމަށްވާ މޮރީޝަސް އަދި ރިޔޫނިއަން އަށްގެއްލުން ތަކެއް ލިބިއްޖެ އެވެ. ބޯކޮށްވާރޭވެހި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ރިޔޫނިއަންގައި އެކަކު މަރުވެފައިވެއެވެ. އަދި 860،000މީހުންގެ އާބާދީ އެއް އޮންނަ އެ ގައުމުގައި އެންމެންވެސް ގޭގެއިން ނުނިކުމެ ތިބުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އާބާދީގެ ހަތަރުބައިކުޅައެއްބައި ގޭގޭގައި ހޯމަ ދުވަހު ކަރަންޓް ނެތްކަމަށް ޚަބަރުތައް ބުނެއެވެ.

ތޫފާނާގުޅިގެން ރިޔޫނިއަން ގައި ފުރަތަމަ ވަނީ އެންމެމަތީ "ވައިލެޓް" އެލަރޓް ނެރެފައެވެ. މިއެލަރޓް ނެރުމުން ފުލުހުންނާއި އެހީގެ މަސައްކަތުގައި އުޅޭ ފަރާތްތަކުންވެސް ބޭރަށް ނިކުމެ އުޅުން މަނާވެއެވެ. ނަމަވެސް ފަހުން ވަނީ އެލަރޓް ލެވެލް ރަތަށް ދަށް ކޮށްފައެވެ. އެއާއެކު ލިބުނު ގެއްލުން ބެލުމަށާ އެހީވުމަށް ޓީމްތަކުން ވަނީ ނިކުމެފައެވެ.

ތޫފާންގެ އެންމެ ބާރުގަދަ ހިސާބު ރިޔޫނިއަން އަށް އަރާފައިނުވާކަމަށާ އެހެންދިމާވިނަމަ ލިބުނު ގެއްލުން އަދި މާބޮޑުވީސްކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަވަށްޓެރި މޮރިޝަސްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ތޫފާން ބިލާލް ގެ އަސަރު އެގައުމަށް އެންމެ ބޮޑަށް ކުރާނީ އަންގާރަ ދުވަހުއެވެ. އެއާއެކު ތުފާނަކާގުޅިގެން ނެރޭ ދެވަނަޔަށްއެންމެ މަތީ އެލަރޓް މިހާރު މޮރިޝަސްގައި ވަނީ ނެރެފައި ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ތޫފާންގެ ސަބަބުން މިހާރުވެސް އެގައުމަށް ބޯކޮށް ވާރޭ ވެހިފެންބޮޑުވެ ވެހިކަލްތައް އޮޔާދާވަރު ވެފައިވާކަމަށް ޚަބަރުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް