ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 15:19
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އިންޑިއާގެ ސިފައިން ބޭލުމަށް ކުރާ މަސައްކަތް
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މާޗު މަހުގެ 15ގެ ކުރިން ބޭލުމަށް ރައީސް އެދިވަޑައިގެންފި
 
ދެ ގައުމުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވާލާފައި
 
އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން 11 ބައްދަލުވުމެއް ކުރިއަށްގެންދެވިފައިވޭ
 
ރާއްޖޭގައި އިންޑިއާގެ 88 ސިފައިން އެބަތިބި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މާޗު މަހުގެ 15ގެ ކުރިން ބޭލުމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި, ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން 11 ބައްދަލުވުމެއް ކުރިއަށްގެންދެވިފައި ވާކަމަށެވެ.

ނާޒިމް ވިދާޅުވީ، މާޗުގެ 15ގެ ކުރިން އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް ބޭނުންފުޅުވާ ކަމަށާއި، އެކަން ހުށަހަޅުއްވައި، އެކަމާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރެވެމުންދާކަމަށެވެ. އަދި އެކަމާ ގުޅޭ 12 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ގައުމުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވާލާފައެވެ. 

އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރާއްޖޭގައި ތިބި ސިފައިންގެ އަދަދާ ގުޅޭގޮތުން އެންމެފަހުން ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް