Advertisement
ކ. މާލެ
|
10 ޖެނުއަރީ 2024 | ބުދަ 19:28
ވިލާގަނޑުގައި ކަނޑުތައް ވަރަށް ގަދަވާނެ
ވިލާގަނޑުގައި ކަނޑުތައް ވަރަށް ގަދަވާނެ
ރާއްޖެއެމްވީ
މޫސުން ގޯސްވުން
މޫސުން ގޯސްވެ، ކ އަތޮޅުން ފެށިގެން ދ އަތޮޅަށް ޔެލޯ އެލަރޓް ނެރެފި
ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ވަނީ ވައިޓް އެލަރޓް ނެރެފައި
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ
ފެން ހިންދުމުގެ މަސައްކަތާއި، ގެއަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން

މުޅިރާއްޖޭގެ މޫސުން ގޯސްވެ، ކ އަތޮޅުން ފެށިގެން ދ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 8:00ށެވެ. އަދި ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް މިރޭ 11:00ށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ 10:00ށް އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Advertisement

މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ފެން ހިންދިމުގެ މަސައްކަތާއި، ގެއަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށާފައިވާކަމަށާއި، މާލޭގެ ތިން ގެއަކަށް ފެން ވަންނަމުންދާތީ، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މުޅިރާއްޖޭގެ މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް