ޤައުމީ ވޮލީބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ވެމްކޯގެ އައިޝަތު މާޖިދާ ހޯދައިފިއެވެ.
މިދިޔަ މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ މާޖިދާއެވެ. ދެ މުބާާރާތުގައިވެސް މާޖިދާ ވަނީ ވެމްކޯއާއެކު ޗެމްޕިއަންކަން ހޯދާފައެވެ. އެސޯސިއޭޝަން ކަޕްގެ ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީވެސް މާޖިދާ އެވެ. ދެ މުބާރާތުގައިވެސް މާޖިދާ ވަނީ އެއް ފެންވަރެއްގައި މޮޅަށް ކުޅެ, ވެމްކޯ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޓީމްގެ ކެޕްޓަނަށް ނުވިޔަސް ޓީމް ލީޑް ކުރުމުގައިވެސް މާޖިދާގެ ލީޑަރޝިޕް ދެމުބާރާތުންވެސް ފެނުނެވެ.
މާޖިދާ ބުނީ މިއީ ޓީމެއްގެ ގޮތުގައި ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެއް ފެންވަރެއްގައި އޭނާއަށް ކުޅެވެނީ ޓީމާއެކު ކުރާ މަސައްކަތުގެ އުތުރުންވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމަށެވެ.
އަސްލު މިއީ ޓީމް ވޯކް, ޓީމެއްގެ ގޮތުގައި އެންމެން އެއްކޮށް ކުރާ މަސައްކަތް. ދެން އިތުރަށްވެސް ހަމަ ވަރަށް ބޮޑަށް މަސައްކަތް ކުރަން.އައިޝަތު މާޖިދާ/ ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ
މިދިޔަ ހަތަރު އަހަރަކަށް ބަލާއިރުވސް އެއް ފެންވަރެއްގައި މޮޅަށް ކުޅެމުން އަންނަ މަދު ކުޅުންޔެތެރިންގެ ތެރޭގައި މާޖިދާ ހިމެނެއެވެ. އޭނާ ޑްރީމް ޓީމްގައި ނުހިމެނޭ މުބާރާތެއް އެމުއްދަތުގައި ނެތެވެ. ގިނަ މުބާރާތްތަކުގެ މޮޅު ކުޅުންތެރިއަކީވެސް މާޖިދާ އެވެ.