ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 11:30
ބެލިންހަމް އޭނާގެ ރަޖާގަނޑު ބޯލްބޯއީ އަށް ދެނީ
ބެލިންހަމް އޭނާގެ ރަޖާގަނޑު ބޯލްބޯއީ އަށް ދެނީ
ގޫގުލް
ޖޫޑް ބެލިންހަމް
ފިނިކަމުން ބެލިންހަމްގެ ރަޖާގަނޑު ބޯލްބޯއީއަށް
 
ބެލިންހަމަށް މީޑިއާތަކުން ވަނީ ތައުރީފްކޮށްފައި

ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ސަޕޯޓަރުންގެ ހިތްދަމައިގަންނަ ކަންކަން ކުރަން ފަށައިފި އެވެ.

ނޫސްވެރިންގެ ސަމާލުކަމަށް އޭނާ މި ފަހަރު އައިސްފައިވަނީ ފިނިން ސަލާމަތްވުމަށް ބެންޗުގައި އިނދެ އޭނާ ބޭނުންކުރި ރަޖާގަނޑު ބޯލްބޯއީއަކަށް ދިނުމުންނެވެ.

ސްޕެނިޝް ކޮޕާޑްލެރޭގައި ހަތަރުވަނަ ޑިވިޝަނުގެ އަރަންދީނާ އަތުން ރެއާލް މޮޅުވި މެޗުގައި ބެލިންހަމް އިނީ ބެންޗުގަ އެވެ. މެޗު ކުޅުނީ ގަދަ ފިނީގައި ކަމުން ކުޅުންތެރިން ތިބީ ރެއާލްގެ ކުޅުންތެރިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޯ ރަޖާ ގައިގައި އަޅައިގެންނެވެ.

ނަމަވެސް ބެލިންހަމް އޭނާގެ ރަޖާގަނޑު 20 އަހަރުގެ ބޯލްބޯއީއަކަށް ދިނީ ބެންޗު ކައިރީގައި ހުރި ބޯލްބޯއީ ފިނިކަމުން ތުރުތުރު އަޅާ މަންޒަރު ފެނިގެންނެވެ. ސްޕޭނުގެ ޓީވީތަކުން ވަނީ އެކުއްޖާގެ ގައިގައި ބެލިންހަމް އޭނާގެ ރަޖާގަނޑު އަޅައިދޭ މަންޒަރު ވަގުތުން ދައްކައިފަ އެވެ.

ބެލިންހަމް އޭނާގެ ރަޖާގަނޑު ބޯލްބޯއީ އަށް ދެނީ - ގޫގުލް

ބެލިންހަމަކީ ރެއާލްގައި މިވަގުތު އެންމެ މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ. އެޓޭކިން މިޑްފީލްޑަރު ދާދި ފަހުން ވަނީ އޭނާގެ ކައްކާ ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ. މިއީ އޭނާގެ މަންމަގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.

ބެލިންހަމް ވަނީ މިހާތަނަށް ރެއާލްއަށް ކުޅެދިން 22 މެޗުގައި 17 ގޯލު ޖަހައިދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް