ކ. މާލެ
|
6 ޖެނުއަރީ 2024 | ހޮނިހިރު 13:44
ބުޅާތަކެއް މަގުމަތީގައި
ބުޅާތަކެއް މަގުމަތީގައި
ފޭސްބުކް/ މޯލްޑިވިއަން ކެޓަހޯލިކްސް
ބުޅަލުގެ މައްސަލަ
މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، މާލެސިޓީއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކޮށްދޭނަން: އާޒިމް
މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭގޮތުގައި ހަމައެކަނި މާލޭގައި 3000 ބުޅާ އުޅޭ
ބުޅަލުގެ ނަޖިހުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިލާންޖެހޭ

މާލޭގެ މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، މާލެސިޓީއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އެމްޓީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ މާލެސިޓީ ވަރަށް ބޮޑަށް މުޑުދާރުވެ، ހަޑިވެފައިވާކަމަށެވެ. ބުޅަލުގެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މޭޔަރުކަމަށް އިންތިޚާބު ކޮށްފިނަމަ ހަ މަަސްދުވަހުގެ ތެރޭގައި ހައްލު ގެނެސްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމާ ގުޅުންހުރި ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯއްދަވާ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މާލޭގައި 3000 ބުޅާ އުޅޭކަމަށެވެ.

Advertisement

އެންމެފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި މާލެސިޓީ ފެންބޮޑުވެ، ހިނގައިދިޔަ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، ވަރަށް ބޮޑަށް މާލޭގެ އެކި ސަރަހައްދުތައް ފެންބޮޑުވެގެން ދިޔަކަމަށެވެ. އަދި ބުޅަލުގެ ނަޖިހުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި އުދަނގޫތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، ސިއްހީ ގޮތުންވެސް ނުރަނގަޅު އަސަރު ކޮށްފައިވާކަމަށެވެ.

މާލޭގަ 3000 ބުޅާ އުޅޭކަމަށް މައުލޫމާތު ލިބެނީ. މި އެޓެންޑް ނުކޮށް ދޫކޮށްނުލެވޭނެ ކަމެއް. އަޅުގަނޑު އަޔަސް، އެހެން މީހަކު އަޔަސް މިކަމަށް ފުރަތަމަ އެޓެންޑް ކުރަންޖެހޭ ކަމަކަށް މިކަން ވާންޖެހޭ. އެއީ ބުޅަލަކީ އަަހަރަކު ތިން ފަހަރު ވިހާ އެއްޗެއް. މިހާރު ގާތްގަނޑަކަށް 3000 ބުޅާ އުޅޭއިރު، މިއަންނަ އަހަރު ނިމެންވާއިރަށް 9000 ބުޅަލަށް ބަދަލުވާނެ. އަނެއްކާ އެ އަދަދު ބަދަލުވާނެ. އަނެއްކާ ތިން ގުނައަށް ބަދަލުވާނެ އަންނަ އަހަރު. ގާތްގަނޑަކަށް 5 އަހަރުން މިލިއަނުން ބުޅާ އުޅޭނެ މިތަނުގަ.
އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ ބުޅަލުގެ މައްސަލައަށް މީގެ ކުރިންވެސް ހައްލު އަންނަންޖެހޭ ކަމަށެވެ. ނަމަވެސް މޭޔަރުންނާއި، ކައުންސިލުން އިންތިޚާބު ކުރެވިގެން ދިޔަނަމަވެސް، މިމައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ. މި ފާއިތުވި ދުވަސްތަކުގައި ކައުންސިލުން ރައްޔިތުންނަށް މުހިންމު ކަންކަމުގައި އަޅާނުލާ ކަމަށާއި، މަސައްކަތް ކޮށްފައިވަނީ މަގުތައް ވިއްކައިގެން ފައިސާ ހޯދުމަށް ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، މޭޔަރު ކަމަށް އިންތިޚާބުކޮށްފިނަމަ ޕާކުތަކާއި، މަގުތައް ސާފުކުރުމުގެ އިތުރުން ޕާކިންގއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާކިންގއަށް ބިލްޑިންގތައް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ކަންކަން ކުރުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް އުދަނގޫވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް