ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 09:27
ރެއާލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ރުޑިގާ
ރެއާލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ރުޑިގާ
ރޮއިޓާސް
ސްޕެނިޝް ލަލީގާ
ބަލިނުވެ ރެއާލް 18 ވަނަ މެޗު ފުރިހަމަކޮށްފި، ތާވަލްގެ އެއް ވަނައިގައި
 
މަޔޯކާ އަތުން މޮޅުވީ 1-0 ން

ރެއާލް މެޑްރިޑުން ބަލިނުވެ 18 މެޗު ފުރިހަމަކޮށްފިއެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިނުވެ 18 ވަނަ މެޗު ފުރިހަމަކުރީ ލަލީގާގައި 1-0 ން މަޔޯކާ ބަލިކޮށްގެންނެވެ.

މަޔޯކާ އަތުން ހޯދި މޮޅާއެކު ރެެއާލް މެޑްރިޑް ވަނީ ލީގު ތާވަލްގެ އެއްވަނަ ދަމަހައްޓާފައެވެ. އެއީ ދެވަނައިގައި އޮތް ޖިރޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ދެޓީމަށްވެސް 19 މެޗުން ލިބެނީ 48 ޕޮއިންޓެވެ. ތިންވަނަ އާއި ހަތަރު ވަނާގައި އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ އޮތީ 38 ޕޮއިންޓާ އެކުއެވެ.

ރެއާލް މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވީ މެޗުގެ ފަހު ބައިގަ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑުންނެވެ. 78 ވަނަ މިނެޓުގައި ލުކަ މޮޑްރިޗް ނަގައިދިން ކޯނަރު ރުޑިގާ ގޯލަށް ފޮނުވާލީ ބޮލުންނެވެ. ލީގުގައި ޖިރޯނާ އިން ވަނީ 4-3 ން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް