ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 22:23
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން
އިމޭޖަސް.އެމްވީ
ދިވެހި ޕްރެމިއާ ލީގު
ޕްރެމިއާ ލީގުގެ ފުރަތަމަ މެޗުގައި ދެ ޗެމްޕިއަނުން
ލީގު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު
ލީގު ފަށާ މެޗަށް ފުޓުބޯޅަ ލެޖެންޑެއް ގެނައުމަށް ވަނީ ހަމަޖެހިފައި

އުރީދޫ ދިވެހި ޕްރެމިއާ ލީގު ހުޅިވާ މެޗުގައި، އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި، އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ.ކުޑަހުވަދޫ ބައްދަލުކުރަން ޖެހިއްޖެއެވެ.

އޯގަސްޓް މަހުގެ 4 ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައި ވާއިރު މުބާރާތުގެ ގުރު ނަގާފައިވަނީ ހޮނިހިރު ދުވަހު އެފްއޭއެމް ހައުސްގައެވެ.  މުބާރާތް ފަށާ މެޗުގައި ހުކުރު ދުވަހު މާޒިޔާ އާއި ކުޑަހުވަދޫ ބައްދަލުކުރާއިރު، ހޮނިހުރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބެވެ. އާދީއްތަ ދުވަހު ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓާއި، ށ.މިލަންދޫ އެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ތިނަދޫއެވެ.

މިފަހަރުގެ ފުޓްބޯލް ފޯމެޓަށް ގެނައި ބަދަލާއި އެކު، ދިވެހި ޕްރެމިއާ ލީގުގައި ބައްދަލުކުރާނީ، އެސްޓީއޯ މާލެ ލީގުގެ ގަދަ ހަތަރު ޓީމާއި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމެވެ.

އެގޮތުން މި މުބާރާތަށް ތައްޔާރު ވުމަށްޓަކައި ޓީމްތަކުން ވަނީ މިފަހަރުގެ ޓްރާސްފާ ބްރޭކްގައި ސްކޮޑް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލެ ލީގުގައި އެންމެ ވާދަވެރިކޮށް ފާހަގަވި، މާޒިޔާ އާއި ގްރީން ސްޓްރީޓާއި، ނިއުރޭޑިއަންޓުން ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިންގެ ސޮއެ ހޯދާފައެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގު ހުޅުވާ މެޗަށް ފުޓްބޯލް ލެޖެންޑެއް ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައިވާ ގޮތުގައި ލީގު ހުޅުވާ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ފީފާ ވޯލްޑްކަޕް އަދި ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ކުރީގެ ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް