ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 11:33
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑުގައި މިހުރީ އުފަލުން، ބްރެޒިލަށް ނުދިޔައީ މިހެންވެ: އެންޗެލޯޓީ
އޭނާ ބުނީ އެ ކުލަބުން ދާހިތްނުވާކަމަށް

ރެއާލް މެޑްރިޑުގައި އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށްވާން ބޭނުންނުވީ މިހެންވެ ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި އަހަރުގެ ޖޫން މަހު ބްރެޒިލްގެ ކޯޗަކަށްވާން އަނގަބަހުން އެއްބަސްވުމަށްފަހު އެވެ. އެންޗެލޯޓީ މިހާރު ވަނީ ރެއާލް މެޑްރިޑާއެކު 2026ގެ ނިޔަލަށް ކޯޗުކޮށްދިނުމަށް އެގްރީމަންޓް އައުކޮށްފަ އެވެ.

އަހަރެން ބުނާނީ ކޮންޓްރެކްޓް އާކުރި ދުވަހަކީ އަހަރެންގެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް. މި ކުލަބުގައި އޮތީ ރަނގަޅު ޓީމެއް. އަހަރެން މިހުރީ ވަރަށް އުފަލުން. މިހެންވެ މި ކުލަބުން ދާހިތެއްނުވޭ
ކޯޗު ކާލޯ އެންޗެލޯޓީ

ޔޫރަޕުގައި ހުރި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ އެންޗެލޯޓީ ބުނީ އޭނާގެ އެހީ އަށް ބްރެޒިލްއިން އެދުނު ކަމަށާއި ނަމަވެސް ގައުމީ ޓީމަކަށް ކޯޗުކޮށްދެވޭނީ ގިނަ ކަންކަން ފުރިހަމަވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.

ބްރެޒިލްގެ އޮފާ އަހަންނަށް ލިބުނު. އެކަމަކު ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން. މި ސިޓީ އާއި ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިންނާމެދު އަހަރެން ހިތްހަމަޖެހޭ
ކޯޗު ކާލޯ އެންޗެލޯޓީ

ބްރެޒިލަށް އެންޗެލޯޓީ ނުދާނެކަން ޔަގީންވުމުން އެ ގައުމުން މިހާރު އަމާޒު ޖަހާފައިވަނީ ކުރީގެ ކޯޗު ލުއިސް ފިލިޕޭ ސްކޮލާރީ ގެނައުމަށެވެ.

- ކޮމެންޓް