Advertisement
ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 09:26
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ގޯސްވުން
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ޅ.އަތޮޅަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރިފައިވަނީ ހެނދުނު 7:00ން މެންދުރުފަހު 1:00ށް
ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ޅ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ހެނދުނު 7:00ން މެންދުރުފަހު 1:00ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ 01 ޖަނަވަރީ 2024ގެ ހެނދުނު 10:00ން 02 ޖަނަވަރީ 2024ގެ 10:00ށް އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އިރާއި އިރުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގާފައިވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް