Advertisement
ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 12:59
އައްޑޫ ސިޓީ ފޭދޫ ދެ މަގެއްގައި އެމްއެންޑީއެފް އިން ފެން ހިންދަނީ
އައްޑޫ ސިޓީ ފޭދޫ ދެ މަގެއްގައި އެމްއެންޑީއެފް އިން ފެން ހިންދަނީ
އެމްއެންޑީއެފް
މޫސުން ގޯސްވެ އަތޮޅުތެރޭގެ ރަށްތަކަށް ގެއްލުންވުން
މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުކޮށްފައިވޭ
ގަދަވަޔާއެކު ބޮޑެތި ގަސްތައް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވޭ

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އާދިއްތަ ދުވަހު ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓުތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއިން މިފަދަ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކުރަންޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ބައެއް ގޭގެއަށް ވެސް ވަނީ ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި ގަދަވަޔާއެކު ބޮޑެތި ގަސްތައް ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

Advertisement

ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ބައެއް ގޭއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތާއި، ރަށުތެރެއިން ފެން ހިންދުމަށް ކުރަންޖެހޭ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި، އާއްމު ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް