Advertisement
ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 09:56
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ
ރާއްޖެއެމްވީ
މޫސުން ގޯސްވުން
މުޅި ރާއްޖެއަށް ވައިޓް އެލާޓް، މޫސުމަށް ސަމާލުވޭ
ނ.އަތޮޅުން ވ.އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރިފައި
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވުމާއި ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:30 އިން މެންދުރުފަހު 1:30ށެވެ.

މީގެއިތުރުން ހެނދުނު 9:00ން މެންދުރުފަހު 1:00ށް ނ.އަތޮޅުން ވ.އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރިފައެވެ. އަދި އެ ސަރަހައްދަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 5 ނުވަތަ 8 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މުސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް