Advertisement
ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 13:42
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
މަޖިލިސް
ރާއްޖޭގެ ވެރިކަން
ވެރިކަން ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން، އެކަންކަން އެއްފަރާތްކުރުމަށްފަހު ގައުމުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭނެ: މެންބަރު އިކްރާމް
ގައުމުގެ މަސައްކަތްތައް ކުރުމުގައި ވެސް ގައުމީ ވިސްނުން އިސްކުރަންޖެހޭ
ފުށިދިއްގަރުފަޅުގެ މަޝްރޫއުއަކީ ކުރިއަށް ގެންދަން އެންމެ ރަނގަޅު ވަގުތެއް ނޫން

ވެރިކަން ކުރަންޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި، އެކަންކަން އެއްފަރާތްކުރުމަށްފަހު ގައުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ރާއްޖެއަކީ ވަކި މީހެއްގެ ގައުމެއް ނޫން ކަމަށާއި، މިއީ ދިވެހިންގެ ގައުމު ކަމަށެވެ. މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވަރަށް ބޮޑަށް ގައުމިއްޔަތު އިސްކުރައްވައި ވާހަކަދައްކަވާ ބޭފުޅެއްކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ ގައުމުގެ ހިންގެވުމާއި، ގައުމުގެ މަސައްކަތްތައް ކުރުމުގައި ވެސް ގައުމީ ވިސްނުން އިސްކުރަންޖެހޭ ކަމަށެވެ.

Advertisement

އިކްރާމް ވިދާޅުވީ ގައުމު ހިންގާއިރު، ގާނޫނުތައް އެއްފަރާތްކޮށް، ކަންކަން ސާފުނުވާ ގޮތަށް ކަންކަން ކުރުމަކީ ގައުމިއްޔަތު އިސްކުރުން ނޫން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސަރުކާރުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ މިއީ އެންމެންގެ ވެސް ގައުމޭ އެނގޭތޯ. ގައުމީ ވިސްނުމަކުން ޑރ.މުއިއްޒު ތެދެއްތޯ ގައުމިއްޔަތުގެ ވާހަކަ ދައްކަވަނީ ވެސް. ގައުމީ ވިސްނުމަކުން ވިސްނަވަންވާނޭ. ގައުމެއް ހިންގާއިރުގައި ކުރުގަޅުވާލާފައި ގާނޫނުތައް އެއްފަރާތްކޮށްފައި ކަންކަން ކުރުމުގެ ވިސްނުން ގެންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ. މިދިޔަ ސަރުކާރަށް ބައެއް ބޭފުޅުން ސްލޯއޭ ވެސް ކިޔަމުން ގެންދިޔަ. ހަގީގަތުގައި ވެރިކަމެއް ކުރައްވަންޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން. އެއެއްފަރާތްކޮށްފައި އަޅުގަނޑު ގަބޫލެއް ނުކުރަން މަސައްކަތް ކުރެވިދާނެ ކަމަކަށް. މިހާރު މިސާލަކަށް ބައްލަވާ ފުށިދިއްގަރުފަޅުގައި މިކުރެވޭ މަސައްކަތް.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

ފުށިދިއްގަރުފަޅުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އިކްރާމް ވިދާޅުވީ އެ މަޝްރޫއު ބަޖެޓުން އުނިކުރީ މިހާރުގެ ގައުމުގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. މި ހާލަ nu lolތުގައި ފުށިދިއްގަރުފަޅުގެ މަޝްރޫއުއަކީ ކުރިއަށް ގެންދަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ނިންމުމަށް ގޮންޖެހުމަށްފަހު މަޝްރޫއު ފަށާފައިވާކަން އިކްރާމް ފާހަގަކުރެއްވިއެވެ.

މާލެގޭ ރައްޔިތުންނަށް ގޯތި ދެވިފައިވޭ. ފްލެޓް ދެވިފައިވޭ އެ ކަންކަން ފުރަތަމަ ނިންމާފައި ފުށިދިއްގަރުފަޅާގެން އުޅުމަށްޓަކައި. އެހެންވީމަ ފުރަތަމަ އަހަރުގައި 2024 ގައި އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވިސްނުމުގައި މަސައްކަތް ކުރެއްވިނަމަ ގައުމަށް މާ ބޮޑަށް ފައިދާ ވީސް. ނަމަވެސް ބޭނުންފުޅުކަމެއް ބޭނުންފުޅު ގޮތަކަށް ބޭނުންފުޅުވާތީވެ އެކަން އެފެއްޓެވީހެން. އެއީ އެންމެ ރަނގަޅު ގޮތެއް ނޫން.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ އެންމެ ފުރަތަމަ މި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމެނި ކަމެކެވެ. އެގޮތުން އެ ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެކަމާއި ގުޅޭ މާލީ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ އެ މަސައްކަތް ބަޖެޓުން ވަނީ އުނިކޮށްފައެވެ. ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އުނިކޮށްފައި ވަނިކޮށް، 18 ޑިސެންބަރު 2023ގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ބިޑިންއަކަށް ނުގޮސް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ދޭގޮތަށެވެ.

މިސަރުކާރުން ބުނެފައިވަނީ ރަސްމާލެ ތަރައްގީ ކުރެވުމާއެކު، ބޯހިޔާވަހިކަން ނުލިބޭ ރައްޔިތެއް މާލޭގައި ނުހުންނާނެ ކަމަށާއި، 65000 ހައުސިން ޔުނިޓް ގާއިމްވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް