ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 12:52
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ގޯސްވުން
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ލެޔޯ އެލާޓް، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ
ޔެލޯ އެލާޓް ނެރިފައިވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ
އައްޑޫ ސީޓީ އަށް ބިންހެލުމެއް އައިސްފައިވޭ، ސުނާމީގެ އަސަރު ނުކުރާނެ

މުޅި ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރިފައިވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެންދުރު 12:15 އިން ހަވީރު 5:00ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 8 ފޫޓު ހުންނާނެ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ވިލޭރޭ މެންދަމުން ފެށިގެން ހެނދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށެވެ. އެންމެ ބާރުގަދައީ 5.5 މެގްނެޓިއުޑްގައި އައި ބިން ހެލުން ކަމަށެވެ. މި ބިންހެލުން ތަކާއި 900 އެއްހާ ކިލޯީޓަރު ދުރުން އައްޑޫ ސީޓީ އަށް ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި ސުނާމީގެ އަސަރު ނުކުރާނެ ކަމަށާއި، ރާއްޖެއަށް ބިރުވެރިކަމެއް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

- ކޮމެންޓް