ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 18:44
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކޮށްފި
މިސްކިތްތައް ބަލަހައްޓައި، މިސްކިތްތަކާ ގުޅިފައިވާ ހުރިހާ އާދަކާދައެއް ތަރުތީބުކޮށް، މަޖިލީހެއް އުފެދިގެން ދިއުމަކީ މުހިންމު ކަމެއް
ތަރައްގީއާއެކު އިންސާނުންގެ ސިކުނޑިތައް ބިނާކުރަންޖެހޭ

މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، ދިވެހި ބަހާއި ތާރީޚާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

މިސްކިތްތަކާބެހޭ ގައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ރަސްމިއްޔާތުގައި ދައްކާލާފައިވާއިރު، މިސްކިތްތަކުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މިރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޚާބެހޭ ވަޒީރު ވިދާޅުވީ، ދިވެހިންނާ މިސްކިތްތައް ގުޅިފައިވާކަމަށާއި، 1153 އަހަރުން ފެށިގެން ރާއްޖޭގައި ބިނާކޮށްފައިވާ މިސްކިތްތަކުން ދިވެހިންގެ ސަގާފަތް ފެންނަކަމަށެވެ.

ވަޒީރު ވިދާޅުވީ، ދިވެހިންގެ ސަގާފަތުގެ ހިތަކީ އަލްއިސްލާމް ކަމަށާއި، އިސްލާމްގެ ހިޔާވައްސަކީ މިސްކިތްތައް ކަމަށެވެ. އެހެންކަމުން ޒަމާނުއްސުރެ މިސްކިތްތަކަށް ދިވެހިން ވަރަށް ބޮޑު ގަދަރެއް ޚާއްސަ އިހްތިރާމެއް ކުރާކަމަށެވެ. އެގޮތުން ދިވެހިން ދިރިއުޅޭ ގެތަކުގެ ވަށައި ރާނާ ފާރަށް ކިޔަނީ ވަށާފާރު ކަމަށެވެ. ނަމަވެސް މިސްކިތްތަކުގެ ވަށާއިގެން ރާނާ ފާރަށް ކިޔަނީ ހަރިއްމަ ފާރުކަމަށާއި، އެކަމުން ދިވެހިން މިސްކިތްތަކަށް ދީފައިވާ ގަދަރު ހާމަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނަމުންވެސް އެ ސަރަހައްދަކީ ހުރުމަތްްތެރިވެގެންވާ ސަރަހައްދެއްކަން އެނގޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިން މިސްކިތްތައް އަގުކުރާ ގޮތް މީ ވަރަށް މުހިންމު ކަމެއް. މިސްކިތްތަކަށް ކަމޭހިތުމާ، މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތުން، އަދި އެކަން އަޅުގަނޑުމެންނާ ގުޅިފަ ހުންނަންޖެހޭ ސަބަބު. ޝައްކެއް ނެތް، މުޖުތަމައެއްގެ އަގުކުރުންތައް ފެށޭނީ ކޮންމެ މުޖުތަމައުއެއްގަވެސް އެބައެއްގެ ދީނުން. އަޅުގަނޑުމެންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން. ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނުގަ އަޅުގަނޑުމެންގެ ސަގާފަތުގެ މަގަކަށް ވާނީ، ނާރެހަކަށް ވާނީ، ސަގާފަތުގެ ހިތަކަށް ވާނީ އަލް އިސްލާމް.
ދިވެހިބަހާއި ތާރީޚާބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް

ވަޒީރު ވިދާޅުވީ، ތަރައްގީއާއެކު އިންސާނުންގެ ސިކުނޑިތައް ބިނާކުރަންޖެހޭ ކަމަށެވެ. އެވިސްނުން ބިނާކުރުން ގުޅިފައި އޮންނަނީ ދީނާއި ދިވެހިން ޒަމާނުއްސުރެ ހިފަހައްޓަމުންއައި ރީތި އަޚުލާގާއި، އަދާކާދައާއި، މަސައްކަތްތެރިކަމާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ކަންކަން ފެށޭ އެންމެ އަގުހުރި އެންމެ މަތިވެރި ހިޔާވައްސަކީ މިސްކިތްތައް ކަމަށެވެ. އެހެންކަމުން މިސްކިތްތައް ބަލަހައްޓައި، މިސްކިތްތަކާއި ގުޅިފައިވާ ހުރިހާ އާދަކާދައެއް ތަރުތީބުކޮށް މަޖިލީހެއް އުފެދިގެން ދިއުމަކީ ވަރަށް ތާރީޚީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
1029 ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފަށަނީ
މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބެން ރަނގަޅު ތަންތަން ހޯދާނަމޭ ބުނި، ފެނުނީ ރެފިއުޖީ ކޭމްޕެއްގެ ސިފަ!
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި