ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 15:10
ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ޔުނާންއާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ
ސޯޝަލްމީޑިއާ
ޖިންސީ ގޯނާގެ ދައުވާލިބޭ ޔުނާން ދޫކޮށްލުން
ޝަރުތުތަކާ ޚިލާފަށް ޔުނާން ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން އެދިއްޖެ
ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި މައްސަލަ، 18 ޑިސެންބަރު 2023ގައި އިސްތިއުނާފުކޮށްފައި
ޔުނާން ދޫކޮށްލީ 14 ޑިސެންބަރު 2023ގައި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންދުކޮށްފައިހުރި ފިލްމީ ތަރި މުހައްމަދު ޔުނާން, ޝަރުތުތަކާ ޚިލާފަށް ބޭރުގައި އުޅޭތީ، އަލުން ބަންދުކޮށްދޭން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ހުޅުމާލެ ކޯޓުގައި އެދިއްޖެއެވެ.

ބުދަ ދުވަހު ޕީޖީން ބުނީ ޔުނާން އަލުން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ، ޝަރުތުތަކާ ޚިލާފަށް ބޭރުގައި އުޅޭތީ ކަަމަށެވެ.

ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި މައްސަލަ، 18 ޑިސެންބަރު 2023 ވީ ހޯމަ ދުވަހު ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޔުނާނާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށްފައިވަނީ 04 އޮކްޓޫބަރު 2020ގައެވެ. އަދި ދައުވާކުރީ ޑިސެމްބަރު 2020ގައެވެ. އެ މައްސަލާގައި އެ ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. އަދި ރިހުލާ ވަނީ 3 މާޗް 2023ގައި ގޭބަންދަށް ބަދަލުކޮށްފައެވެ.

14 ޑިސެންބަރު 2023 ވީ ބުރާސްފަތި ދުވަހު ހުޅުމާލޭ ކޯޓުން ޔުނާން ދޫކޮށްލީ ޝަރުތުތަކާއެކުއެވެ. އޭނާއަށް ކޮށްފައިވާ ޝަރުތުތަކަކީ؛ ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުން، ދަރިން ހިމެނޭ ގޮތުން ކުޑަކުދިންނަށް އެކްސެސް ނުވުން، (އެކްސެޕްޓް ނިއުބޯން ބޭބީ)، ވިކްޓިމްސްއާ އެއްވެސް ގޮތަކަށް މުއާމަލާތު ނުކުރުން، ދިރިއުޅޭ ތަން ކޯޓަށް އެންގުން، މާލެއިން ނުވަތަ ރާއްޖެއިން ފުރައިގެން ދާނަމަ ކޯޓުގެ ހުއްދަ ހޯދުން، އަދި މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުމެވެ.

- ކޮމެންޓް