Advertisement
ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 14:06
ކަނޑުދަތުރާ ކުރާ މީހުން ސަމާލުވުމަށް އެދިފައިވޭ
ކަނޑުދަތުރާ ކުރާ މީހުން ސަމާލުވުމަށް އެދިފައިވޭ
ރާއްޖެއެމްވީ
އޮރެންޖް އެލާޓް ނެރުން
މޫސުން ގޯސްވެ، ފުވައްމުލަށް ސިޓީން އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް ނެރެފި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސް
އޮރެންޖް އެލާޓް ނެރިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހުން 1:20 އިން 3:20ށް
ރާޅުގެ އުސްމިނުގައި 4 އާއި 7 ފޫޓު ހުންނާނެ

ރާއްޖޭގެ މޫސުން ގޯސްވެ، ފުވައްމުލަށް ސިޓީން އައްޑޫ ސިޓީއަށް އޮރެންޖް އެލާޓް ނެރެފިއެވެ.

އޮރެންޖް އެލާޓް ނެރިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހުން 1:20 އިން 3:20ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 އާއި 7 ފޫޓު ހުންނާނެ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ 24 ޑިސެންބަރު 2023 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމް ވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ޚާއްސަކޮށް ކަނޑުދަތުރު ކުރާ މީހުންނާއި، ބުރިޖް ހައިވޭގައި ދަތުރުކުރާއިރު، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވަމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް