ބެންޖަމިން ޑޭވިޑް މަސައްކަތަށް ނުކުންނައިރު ބައިސްކަލެއް ނުވަތަ އެހެން އެއްގަމު އުޅަނދެއް ނޫނީ އާއްމު ދަތުރުފަތުރުގެ ނިޒާމެއް ބޭނުމެއް ނުކުރެއެވެ. އޭނާ ދަނީ ފަތާފައެވެ. ޑޭވިޑް ކޮންމެ ދުވަހެއް ފަށަނީ އޭނާގެ ސޫޓާއި ބޫޓާއި ލެޕްޓޮޕް ވޯޓަރ ޕްރޫފް ދަބަހަކަށްލައި ސްވިމިން ސޫޓްލައިގެން ރަބަރު ފައިވާނަކުންނެވެ. އޭގެ ފަހުން އޭނާ އައިޒަރ ކޯރަށް ފުންމާލާ ކަމަށް ބީބީސީގައި ރޕޯޓްކޮށްފައި ވެއެވެ. ބީބީސީއަށް އޭނާ ބުނީ އޭނާ ދިރިއުޅޭ ޖަރުމަނުގެ މިއުނިކްގެ ވަށައިގެން އެ އޮންނަ ޓްރެފިކާ ހެދި އޭނާ މާޔޫސްވެއްޖެ ކަމަށާއި 1.2 މޭލަށް އެއަށް ވުރެ އަވަހަށް ފަތާފައި ވެސް ދެވޭނެ ކަމަށް ކަމަށެވެ.
"އައިޒަރއާ ޖެހިގެން އޮންނަ މަގުގެ ޓްރެފިކް ވަރަށް ބޮޑު އެކަން އަހަންނަށް އެހާ މަަޖަލެެއް ނޫން"ބީބީސީގައި އޭނާ ބުނެފައިވެއެވެ."އަހަރެން ފަތާފައި ގޮސްފިއްޔާ އަހަންނަށް މާ އަވަހަށް ދެވޭ، އަނެއްކާ މާ އަރާމު."
ސްޓައިލްގައި މަސައްކަތަށް ދިއުމަށްޓަކައި ޑޭވިޑް އޭނާގެ އަންނައުނާ ކޮމްޕިއުޓަރ ލަނީ އެކަމަށް ޚާއްސަކޮށްގެން ޑިޒައިން ކުރެވިފައިވާ ގޯންޏަކަށެވެ. އޭތި ޑިޒައިން ކުުރެވިފައި ވަނީ ފެންމަތީ އޮންނަ އާލާތަކަށް ވެސް ފުދޭނެ ގޮތަށެވެ.
ފަތާއިރު ހިފަހައްޓާލާނެ އެއްޗެއް އޮތުމަކީ އޭނާއަށް ފަސޭހަވާ ކަމެކެވެ. އޭގެ ސަބަބަކީ ކޯރަށް އޭނާ އެރޭއިރު އޭނާގެ މަސައްކަތާ ބެހޭގޮތުން މީހުން ވާހަކަދައްކައި އުޅުމަކީ އާއްމު ކަމަކަށްވާތީއެވެ.
"ބްރިޖް މަތިން މީހުން ބަލަން ތިބެފަ ހޭނެ. ނޫނީ އަހާނެ އަހަރެން ކީއްހޭ ކުރަނީ."
އައިޒާ އަކީ 150 އަހަރު ވަންދެން ފެނުގެ ތެރެއިން ދަތުރުކުރަން ބޭނުން ކުރި މަގެއް ކަމާއި އޭނާ ބޭނުންވަނީ އެކަން އިއާދަ ކުރަން ކަމަށް އޭނާ ބުންޏެވެ.
އޭނާގެ މަންޒިލަށް ދެވި ކޯރުން އަރާއިރަށް އޭނާއަށް ގޮސް އޯޑަރުކޮށްލެވެނީ ކަޕަޗީނޯއަކަށެވެ. ފަތާފައި މަސައްކަތަށް އަންނައިރު މުޅިދުވަސް އޭނަ އޮފީހުގައި ހޭދަކުރަން ޖެހެއެވެ.