ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 22:37
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ރާއްޖެއެމްވީ
ވީއައިއޭ ބާރުބޮޑުވުން
ވީއައިއޭއަށް ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް އިލްތިމާސްކޮށްފި
 
އެއާޕޯޓްގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެމްއޭސީއެލްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ
 
ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުން ވެސް 2 ގަޑިއިރު ކުރިން އައުމަށް އެދިފައިވޭ

މި ދުވަސްވަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ބާރުބޮޑުވެފައިވާތީ ފުރަން ދާ މީހުން ތިން ގަޑިއިރު ކުރިއަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ މިދުވަސްވަރު ޑިޕާޗާ ވަރަށް ބާރުބޮޑު ކަމަށާއި، ކިޔު ވަރަށް ދިގުވާ ކަމަށެވެ. އެހެންކަމުން ފުރަންދާ މީހުން އެކަމަށް ސަމާލުވެ އިންޓަނޭޝަނަލް ފްލައިޓުން ދަތުރުކުރާ ފަސިންޖަރުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުން ވެސް 2 ގަޑިއިރު ކުރިން އައުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.

އެއާޕޯޓްގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެމްއޭސީއެލްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ފަސެންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެއްވެސް މައްސަލައެއް ނުޖެހި ރަނގަޅު ޚިދުމަތެއް އާއްމު ރައްޔިތުންނަށް ދޭން ބޭނުންވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު އަދި ޖެނުއަރީ މަހު ވީއައިއޭ ގައި ބާރުބޮޑުވެއެވެ. އެއީ ޑިސެންބަރު މަހު ސްކޫލުތައް ބަންދުވުމާއި، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރަށްވާތީއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނައިރު، އުމްރާއަށް ދިއުމަށް ވެސްގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ފުރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި