ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 13:09
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ފޭސްބުކް
ފައިލޭރިއާއަށް ޕޮޒިޓިވްވުން
ކުޅުދުއްފުށި ސިޓީން އިތުރު ދެ މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ
 
ރަށު ތެރެއިން ރޭންޑަމް ސާމްޕަލްތަކެއް ނަގާ ޓެސްޓް ކުރާނެ
 
މި ވަގުތު 19 މީހުން ވަނީ ޕޮޒިޓިވްވެފައި
 
ޕޮޒިޓިވްވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރުމަށް އެރަށް ދިޔަ އިންޑިއާގެ މީހުންތަކެއް

ކުޅުދުއްފުށި ސިޓީން އިތުރު ދެ މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެއެމްވީއަށް ފައިނޭންސް އެގްޒެކެޓިވް މުހައްމަދު މޫސާ ވިދާޅުވީ ފަހުން ހެދި އެންޓި-ޖެން ޓެސްޓުތަކުން އިތުރު ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން މި ވަގުތު 19 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރުމަށް އެރަށް ދިޔަ އިންޑިއާގެ މީހުންތަކެކެވެ.

މިބައްޔާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ފައިލޭރިއާ ޓެސްޓު ކުރުމަށް ކުޅުދުއްފުއްޓަށް 500 ކިޓް ފޮނުވާފައިވާ ކަމަށާއި، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާގެ ކޭސްތަކެއް ފެނުމުން އާބާދީގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށް ޚާއްސަ ސްކްރީނިންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރަށު ތެރެއިން ރޭންޑަމް ސާމްޕަލްތަކެއް ނަގާ ޓެސްޓްކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. އެޗްޕީއޭއިން ބުނީ ގަބޫލުކުރެވޭ ގޮތުގައި، ކުޅުދުއްފުށިން ފެނިގެން އުޅޭ ހުރިހާ ކޭސްތަކުގައި ހިމެނެނީ އެއްސަރަހައްދަކުން އައިސްފައި ތިބި މީހުން ކަމަށާއި، އެހެންކަމުން އެއީ އިންޕޯޓެޑް ކޭސްތަކެއް ކަމަށް ބެލޭވޭ ކަމަށެވެ. އަދި ރާއްޖޭގައި ބަލި ހުރިކަމަށް ނުބެލެވޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބަލީގެ ހާލަތު އެހާ ގޯސްނޫން ކަމަށާއި، ސިޓީގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. އަދި ފައިލޭރިއާއަކީ މީގެ ކުރިން ނައްތާލެވިފައިވާ ބައްޔަކަށްވެފައި، ރާއްޖޭގައި އެ ބަލި ފަތުރާ މަދިރިއުޅުނު ނަމަވެސް އޭގެ ސަބަބުން ބަލި ނުޖެހޭނެކަމަށެވެ. ސަބަބަކީ ފައިލޭރިޔާ ޖެހިފައިވާ މީހުންނަށް ބޭސްދިނުމުން އޭނާގެ ގައިގަ ޖަރާސީމް ހުރިނަމަވެސް އެބަލި ނުފެތުރޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް