ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 09:04
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ރާއްޖެއެމްވީ
ވީއައިއޭ ތޮއްޖެހުން
ވީއައިއޭގައި ތޮއްޖެހުން ބޮޑުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
 
އެއްވެސް މައްސަލައެއް ނުޖެހި ރަނގަޅު ޚިދުމަތެއް އާއްމު ރައްޔިތުންނަށް ދޭން ބޭނުންވޭ
 
މީހުން ފުރުވުމަށް ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އެދިފައިވޭ
 
މިދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިދުވަސްވަރު ތޮއްޖެހުން ބޮޑުވާތީ، އެއާޕޯޓަށް ދާ މީހުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ އަބަދުވެސް ޑިސެންބަރު މަހު އެއާޕޯޓުގައި ބާރު ބޮޑު ކަމަށާއި، އެހެންކަމުން މިކަން ހައްލު ކުރުމަށްޓަކައި މީހުން ފުރުވުމަށް ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އެއްވެސް މައްސަލައެއް ނުޖެހި ރަނގަޅު ޚިދުމަތެއް އާއްމު ރައްޔިތުންނަށް ދޭން ބޭނުންވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނީ ފަސެންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ފުރުމަށް ދާ ޕަސެންޖަރުން ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު އަދި ޖެނުއަރީ މަހު ވީއައިއޭ ގައި ބާރުބޮޑުވެއެވެ. އެއީ ޑިސެންބަރު މަހު ސްކޫލުތައް ބަންދުވުމާއި، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރަށްވާތީއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނައިރު، އުމްރާއަށް ދިއުމަށް ވެސްގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ފުރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 އެމްއެލްއަށްވުރެ ގިނަކޮށް ނުގެންދެވޭގޮތަށް ހަދައިފި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި