ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 23:59
އޮސްޓްރޭލިޔާ ގެ ކުއީންސްލަންޑްގައި ފެންބޮޑުވެފައިވާ ސަރަހައްދެއް
އޮސްޓްރޭލިޔާ ގެ ކުއީންސްލަންޑްގައި ފެންބޮޑުވެފައިވާ ސަރަހައްދެއް
އީޕީއޭ
ކުއީންސްލަންޑް ގައި ފެންބޮޑުވުން
ކުއީންސްލަންޑަށް ރިކޯޑް މިންވަރަކަށް ވާރޭވެހި ބޮޑެތި ސަރަޙައްދު ތަކެއްގައި ފެންބޮޑުވެއްޖެ
 
ފެންބޮޑުވުމުގެ ސަބަބުން ކުއީންސްލަންޑްގެ ކޭންސް އެއާޕޯޓް ވެސް ވަނީ ބަންދު ކޮށްފައެވެ.

އޮސްޓްރޭލިޔާގެ ކުއީސްލަންޑަށް ރިކޯޑް މިންވަރަކަށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ސަރަހައްދު ތަކެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވެ މީހުންގެ ފުރާނަޔަށް ނުރައްކާވާ ހިސާބަށް ހިނގައްޖެ އެވެ. އެހެންކަމުން ފެންބޮޑުވި ހިސާބުތަކުގަ އުޅޭ އެތައް ހާސް ބަޔަކަށް ވަނީ އުސް ހިސާބުތަކަށް ބަދަލު ވުމަށް އަންގާފައެވެ.

ކުއީންސްލަންޑްގެ ކޭންސް އެއާޕޯޓް ބަންދު ކޮށްފައިވާއިރު އެސިޓީގެވެސް ބޮޑު ސަރަހައްދު ތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

މޫސުން ފޯކާސްޓް ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުން އާދީއްދަ ދުވަހު އިރުއޮއްސުމާހަމަޔަށް ހިނގި 24 ގަޑިއިރު 600 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އަދިވެސް އިތުރަށް ވާރޭ ވެހޭނެކަމަށް ބުނެފައި ވެއެވެ. ހަފްތާގެ ކުރީކޮޅު އެހިސާބަށް ޓްރޮޕިކަލް ސައިކްލޯން ނުވަތަ ތޫފާނެއްވެސް އަރާފައިވާއިރު، ފޯކާސްޓަރުން ބުނާގޮތުގައި 1970ގައި މިހިސާބުގައި ފެންބޮޑުވި ހާދިސާއެއްގައި ބޮޑުވި ފެނަށް ވުރެ މައްޗަށް މިފަހަރު ފެން ބޮޑުވެދާނެ ކަމަށް ބެލެވެއެވެ.

ކުއީންސްލަންޑް ގެ ހާލަތު މިހާރު ވަރަށް ގޯސްވެފައިވާއިރު ސްޓޭޓް ޕްރެމިއަރ ސްޓީވަން މައިލްސް ވިދާޅުވީ 10،500އެއްހާ މީހުންނަށް މިވަގުތު ކަރަންޓްވެސް ނުލިބޭ ކަމުގައެވެ.

ފެންބޮޑުވުމުގެ ސަބބަުން އަދި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވިނަމަވެސް ހޮނުއެޅުމުގެ އަސަރުކޮށްގެން 10 އަހަރުގެ އަންހެންކުއްޖެއްގެ ހާލުވަނީ ސީރިއަސް ވެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އިމަޖެންސީ ފަސް ސެންޓަރު ވަނީ ގާއިމް ކޮށްފައެވެ. އަދި މީހުން ސަލާމަތް ކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ އެތައް އޮޕަރޭޝަން އެއްވަނީ ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް