Advertisement
ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 08:03
ރާއްޖޭގައި އެއްވެސް ބަރަހަނާ ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް ހުރިހާ ވެބްސައިޓެއް ވަނީ ބްލޮކްކޮށްފައި
ރާއްޖޭގައި އެއްވެސް ބަރަހަނާ ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް ހުރިހާ ވެބްސައިޓެއް ވަނީ ބްލޮކްކޮށްފައި
ދި އައިރިޝް ޓައިމްސް
ބަރަހަނާ ވެބްސައިޓްތައް ބްލޮކްކުރުން
ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކޮށްފި
މިއީ މިފަދަ ސައިޓުތައް ރާއްޖޭގައި ބްލޮކްކުރި ފުރަތަމަ ފަހަރު
ސަރުކާރާއި، ނެޓްވޯކް ޕްރޮވައިޑަރުންގެ ރަސްމީ ބަހެއް ނުލިބޭ

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކް ކޮށްފިއެވެ.

މި ފަދަ ސައިޓްތައް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން އެންގިކަން ކޭމްއިން ކަށަވަރުކޮށްދެއެވެ. މި ނިންމުމާއި ގުޅިގެން އެފަދަ އެއްވެސް ވެބްސައިޓަކަށް ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ނުވަދެވޭނެއެވެ.

Advertisement

މިއީ މިފަދަ ސައިޓުތައް ރާއްޖޭގައި ބްލޮކްކުރި ފުރަތަމަ ފަހަރެވެ. މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ތައުރީފް ކުރަމުންނެވެ.

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރިނަމަވެސް ސަރުކާރާއި، ނެޓްވޯކް ޕްރޮވައިޑަރުންގެ ރަސްމީ ބަހެއް ނުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް